ads
މެމްބަރު ނަޝީދާއި، މިނިސްޓަރު އަސްލަމް
މެންބަރު ނަޝީދުގެ ސުވާލާއެކު އަސްލަމް ރަތަށް!
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކައަކަށް މަޖިލީހުގެ ތަޅުމުގައި އަސްލަމް ރައްދުދެއްވައިފި އެވެ.
Advertisement

ފްލެޓް މައްސަަލައާ ގުޅިގެން މިއަދު މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރައްވާފައިވާއިރު އެ މައްސަލައިގެ ތެރެއިން މެމްބަރު ނަޝީދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ހުރި ރުއްތައް ނަގައި ހެދީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ. އެހެންނަމަ ވެސް އެ ސުވާލު ފުރިހަމަ ކުރެވުމުގެ ކުރިން ރިޔާސަތުން ރައީސް ނަޝީދު ވަނީ، މެމްބަރު ނަޝީދު ހުއްޓުވައި، އެއީ މިއަދާ ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

"ފަރެސްމާތޮޑާ އެއާޕޯޓް ހަދާ ތަނުގައި ހުރި ރުއްތައް މަނިކުފާނު ގެނެސް ކިހިނެއްތޯއޭ ހެދީ، ވިއްކާލީތޯއޭ. އޭގެއިން ލިބުނު ލާރިތޯއޭ ދުބާއީއަށް ޕައިލެޓެއް ލައްވާ ތި ފޮނުވަނީ ޑޮލަރުގު މިހާ ބޮޑުވެފައި ވަނިކޮށް،" ނަޝީދު ވިދާޅުވި އެވެ. 

އެއާއެކު އަސްލަމް ވަނީ އޭނާގެ މައްޗަށް މަޖިލީހުގެ ތަޅުމުގައި ތުހުމަތުތަކެއް ކުރެވެމުން ޖަވާބު ދިނުމުގެ އިޒްނައަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު އެ ފުރުސަތު ދެއްވުމާއެކު އަސްލަމް ވަނީ މަޖިލީހުގެ ތަޅުމަކީ އެއްވެސް ވާހަކައެއް ދައްކައިގެން އެ ދައްކާ ވާހަކައަކާ ގުޅިގެން ގާނޫނީ އެއްވެސް ފިޔަވަޅެއް އެމީހަކާ މެދު ނޭޅޭ ތަނަކަށްވާއިރު އޭނާއާ ގުުޅުވައިގެން "ބޭސްލެސް" ވާހަކަތަކެއް ދެކެވޭނަމަ އެކަން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑާ ގުޅިގެން ތަނެއްގައި ހުރި ރުއްތަކެއް ނަގައިގެން އައިސް އެ ވިއްކާލިކަމަށް އެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި ނެތް އަމިއްލަ ހިޔާލަކަށް ދެއްކި ވާހަކައެއް، ފަރެސްމާތޮޑާ އެއާޕޯޓް ހުރި ސަރަހައްދުގެ ބިން ސާފުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން އިއުލާނެއްކޮށް އެތަނުގައި ހުރި ރުކާއި ގަސް، އެތަނުން އަމިއްލަ ހަރަދުގަ ގެނެސް ސާފުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނެއް، ބަޔަކު ކުރިމަތިލައިގެން އެބަޔަކު ހޯދީ އަދި އިންދީ،،" އަސްލަމް ވިދާޅުވި އެވެ. 

އެ މައްސަލައާ ގުޅިގެން އަސްލަމް އިތުރަށް ވިދާޅުވީ، މެމްބަރު ނަޝީދާ ގުޅިގެން ވެސް "ކޮންމެ" ފަދަ ވާހަކައެއް ވެސް ދެއްކިދާނެ ކަމަށެވެ. އެގޮތުން މެމްބަރު ނަޝީދާ ގުޅިގެން މާލެ ތެރެއިން އިވޭ އަޑުތައް ވަކި މަދު ނޫންކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެ ވާހަކަ މަޖިލިސް ތަޅުމުގައި ދައްކަވަން ބޭނުންނުވާ ކަމަށެވެ. 

އެހެންކަމުން، އެފަދަ މޭރުމުން ވާހަކަ ނުދެއްކުމަށް މެމްބަރުން އިލްތިމާސްކުރައްވަމުން އަސްލަމް ވިދާޅުވީ އޭނާއަކީ ވެސް މާލޭގައި ބޮޑުވި މީހެއް ކަމަށާއި ޓައި އަޅައިގެން ރީތިކޮށް ތިއްބެވި ނަމަވެސް "ހުތުރު ބަހުން ވާހަކަ ދައްކަން އިނގޭ" ކަމަށެވެ. 

އެއާއެކު މަޖިލީހުގެ ތަޅުން ހޫނުވި މަންޒަރު ވެސް ފެނިގެންދެ އެވެ. އެކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މެމްބަރުން ސުވާލުކުރުމުން މިނިސްޓަރު ދެއްވަނީ ބޮޑު ސްޕީޗެއް ކަމަށާއި އެކަމާއި ހުރެ ސުވާލުކުރަން ވެސް ފުރުސަތު ލިބެނީ މަދު މެމްބަރަކަށް ކަމަށެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް