ads
ފޮޓޯ:އިސްލާމިކް ބޭންކް
ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބޮޑު ތަރުހީބެއް!
2015 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިން ހިދުމަތް ދިނުމުގެ ބޭނުމުގައި 'ބީއެމްއެލް އިސްލާމިކް' ތައާރަފްކުރިއެވެ. ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ބަލާލާއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިން ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކްގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމްޕީއޯއެސް ޓާމިނަލް ތަކުގެ އިތުރުން އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ދަނީ ލިބެމުންނެވެ.
Advertisement

ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް ވަނީ އިތުރުވެފައެވެ.

2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ބީއެމްއެލްއިން ވަނީ ދޫކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 އިންސައްތައަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިން ކަމަށް ބީއެމްއެލްއިިން ބުނެއެވެ. އަދި ހަތަރު އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވާކިން ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުއީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިން އަށް 19 އިންސައްތަގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި 2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އާ ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 އިންސައްތަ ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށެވެ.

އިސްލާމިކް ފައިނޭންސިން މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް