ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާނަށް އަންނަ ހަފްތާގައި ޖަވާބު ދޭނެ: އާދަމް ޝަރީފު އުމަރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހަފްތާގައި ޖަވާބު އިއްވަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. އެގޮތުން ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ފަރާތުން ރައްދު ދެއްވާނީ ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ރިޔާސީ ބަޔާނުގެ ޖަވާބުގައި، ސަރުކާރުން އިތުރަށް އިތުރަށް ސާފުކޮށްދެއްވަން ޖެހޭ ކަންކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީ ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި ރައީސް ސޯލިހުއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި ޓުވީޓުގައި ޓެގް ކުރައްވާފައިވެއެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށެވެ. މިހާރު މަޖިލީހުގެ އިދިކޮޅު ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މަޖިލީހުގައި ރައީސް ސޯލިހު ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް