ads
ވިލުފުށީ
ވިލުފުށީ ކައުންސިލަށް ލިބެންޖެހޭ ލައްކައަށްވުރެ ގިނަ ރުފިޔާ ނުހޯދާ: އޮޑިޓް ރިޕޯޓް
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، އެ ކައުންސިލަށް ލިބެންޖެހޭ 110,766 ރުފިޔާ ނުހޯދިވާކަން ފާހަގަކުރެވިއްޖެ އެވެ.
Advertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ މި ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ގަވާއިދުން ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

2024 ވަނަ އަހަރު ވިލުފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރީ 12,986,165 ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 13,797,467 ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ލަފާކުރި ވަރަށްވުރެ 811,302 ރުފިޔާ އިތުރު އަދަދެކެވެ. ކައުންސިލްގެ ހަރަދުގެ ގޮތުގައި 10,193,815 ރުފިޔާ ކަނޑައެޅިފައިވާއިރު، އަހަރުގެ ތެރޭގައި ހިނގާފައިވަނީ 10,196,217 ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ މާލީ މުއާމަލާތްތައް ހިންގުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ފިނޭންސް މިނިސްޓްރީގެ ސާކިއުލާތަކާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތަކެތި ބައްލައިގަތުމާއި، ހަރަދުކުރުމުގެ އިޖުރާއަތްތަކުގައި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވުން ހިމެނެ އެވެ.

އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވަނީ، ކައުންސިލަށް ލިބެންޖެހޭ 110,766 ރުފިޔާ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.01 އަދި 17.03 ވަނަ މާއްދާއާ އެއްގޮތަށް އަވަހަށް ހޯދުމުގެ މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލިއްޔަތު ގަވާއިދުގެ އިޖުރާއަތްތަކާ އެއްގޮތަށް މާލީ ކަންކަން ހިންގުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް