ads
ކަރީނާ ކަޕޫރު:-
ކަރީނާއަށް މިފަހަރުވެސް ލިބެން އުޅެނީ ފިރިހެން ކުއްޖެއްތަ؟
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅު ވިހަން ޑޮކްޓަރު ދީފައިވަނީ މިމަހުގެ ތާރީހެކެވެ. އަޑުތައް ފެތުރެމުން އައީ އޭނާ ވިހަން ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަސް ކަމަށް ވާ ލޯބިވެރިންގެ ދުވަހު އެވެ. ނަމަވެސް އެދުވަސް ފަހަނަ އަޅައިގެން ދިޔަ އިރުވެސް އަދި ކަރީނާ ނުވިހަ އެވެ.

ކަރީނާ އަދި ސައިފްގެ ދެވަނަ ދަރިފުޅުގެ އިންތިޒާރު އެތައް ފޭނުންތަކެއް ދަނީ ކުރަމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި ކަރީނާ ވަނީ ބަނޑުގައި ރިއްސާތީ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާ ވަރަށް އަވަހަށް ވިހާނެ ކަމުގެ އަޑުތައްވެސް ދަނީ ގަދަ ވަމުންނެވެ.

ކަރިނާ ވިހަން ނުހަނު ކައިރި ވެފައިވާ އިރު އޭނާ އަށް ދަނީ ގިނަ ހަދިޔާތަކެއް އެކި ފަރާތްތަކުން ފޮނުވަމުންނެވެ. އެ ހަދިޔާތައް އޭނާ ވަނީ އިންސްޓާގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. 

your imageކަރީނާއަށް ލިބުނު ހަދިޔާ

އެގޮތުން އެ ހަދިޔާ ތަކަށް ބަލާއިރުގައި އެ އެއްޗިހި ހުރީ ނޫކުލައި ގައެވެ. އަދި ކާރު ޖަހާފައިވާ ހެދުމެއް ވެސް އޮތެވެ. އެހެން ކަމުން މި ފަހަރުވެސް ކަރީނާއަށް ލިބެން އުޅެނީ ފިރިހެން ކުއްޖެއްތޯ އެއީ މިހާރު ގިނަ ބަޔަކު ކުރަމުންއަންނަ ސުވާލެކެވެ.

ކޮންމެ އަކަސް ސައިފް ވަނީ ކަރީނާ ވިހަން އޮތީ މިމަހުގެ ތާރީހެއްގައިކަން އިއުލާނުކޮށްފަ އެވެ. އަދި ދެވަނަ ދަރިފުޅު އުފަންވުމުގެ ކުރިން އެ ދެމަފިރިން ވަނީ އާ ގެއަކަށް ވެސް ބަދަލު ވެފައެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް