ads
ފޮޓޯ--ޕްލޭނިން މިނިސްޓަރީ
ސޯޝަލް ހައުސިންގެ ދަށުން ކޮޅުފުށީގައި 100 ގެ އެޅުމަށް ބިންގާ އަޅައިފި
ސޯޝަލް ހައުސިންގެ ދަށުން މ. ކޮޅުފުށީގައި 100 ގެ އެޅުމަށް ބިންގާ އަޅައިފި އެވެ.

މިމަހުގެ 17 ވަނަ ދުވަހު އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ބިންގާ އަޅައިދެއްވީ ފްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފާއި ސީނިއަރާ އެގްޒެކެޓިވް ޑިރެކްޓަރު ހަސަނެވެ.

އެ މަޝްރޫގެ ދަށުން އެރަށުން މޮބިލައިޒްކުރެވިފައި ސައިޓް ކްލިއަރެންސް މަސައްކަތް ކުރުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހު ފަށާފައެވެ. އެ މަޝްރޫގެ އަގަގީ 120,900,752 ކަމަށް ޕްލޭނިން މިނިސްޓަރީން ވަނީ ބުނެފަ އެވެ.

your imageފޮޓޯ ޕްލޭނިން މިނިސްޓަރީ

ކޮޅުފުށީގައި 100 ގެ އަޅައި ދިނުމަކީ ރައީސް ސޯހިލުގެ ރިޔާސީ ވައުދުފުޅެކެވެ. 

މުލަކު އަތޮޅު ކޮޅުފުއްޓަކީ ސުނާމީ ކާރީސާގައި އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކުރި އެއް ރަށެވެ. އަދި 2010 ވަނަ އަހަރާ ހަމައަށް އެރަށުގެ ރައްޔިތުން ދިރިއުޅެމުން ދިޔައީ ސަރުކާރުގެ ފަރާތުން އަޅާއި ދީފައިވާ ވަގުތީ ހިޔާތަކުގަ އެވެ. 

އެރަށުގައި އެންމެ ފުރަތަމަ ގެ އެޅުމުގެ މަޝްރޫ ފެށާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް