ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކޮވިޑް ވެކްސިން ދިނުމަށްޓަކާ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ވޯކްޕާމިޓްގައި މަސައްކަތްކުރާ ބިދޭސީންނެކޭ އެއްފަދައިން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށްވެސް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.

އެގޮތުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ އާބާދީއަކީވެސް ނިސްބަތުން ބޮޑު އާބާދީއެއްކަމުން، އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ބެނިފިޝަރީ ސިސްޓަމްގައި އެފަރާތްތައް ރަޖިސްޓްރީކޮށްގެންނެވެ. 

އަދި ދިވެހި ރެޑްކްރެސެންޓުންވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމަންޓް ހެދުމަށް 3307665 ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިކަން ކުރުމުގައި މައިގަނޑު ވިސްނުމަކީ އެޕޮއިންޓްމަންޓް އުސޫލުން ދުވާލަކު 250 މީހުން ރަޖިސްޓްރީކުރުން ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެއެވެ. އަދި ޑޮކިއުމެންޓޭޝަން ނެތި އުޅޭ ފަރާތްތަކަށް ބިދޭސީން ގެންގުޅޭ ކުންފުނިތައް މެދުވެރިކޮށްވެސް ރަޖިސްޓްރީވެ ވެކްސިން ޖެހޭނެ ކަމަށް ވެސް ރެޑްކްރެސެންޓުން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބީދޭސީންވެސް އުޅެއެވެ. އަދި މިފަދަ މީހުން ގައުމަށް ފޮނުވާލުމަށާއި ގަވާއިދާ ހިލާފަށް އުޅޭ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރު 16775 ބިދޭސީން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެއީ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކާއި ސައްހަ ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ މީހުން ކަމަށް ވެސް ރައީސް ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް