ads
ކަރީނާ އާއި ސައިފް--
ކަރީނާ ވިހައިފި، މި ފަހަރު ވެސް ފިރިހެން ކުއްޖެއް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން އޭނާގެ ދެވަނަ ދަރިފުޅު ވިހައިފި އެވެ.

ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރަށް މި ފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. 

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރީނާ ވިހާފައިވަނީ މިއަދު ހެނދުނު، އިންޑިއާގެ ގަޑިން 8:30 ގައި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ. 

ކަރީނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެއެވެ. މިހާތަނަށް ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް އާންމުކޮށްފައެއް ނުވެއެވެ.

ކަރީނާ އޭނާގެ ދެވަނަ ދަރިފުޅާށް ބަނޑުބޮޑުވީ ފަހުން ވެސް ވަނީ ފިލްމުތަކުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކި ބްރޭންޑްގެ ޝޫޓިންތަކާއި، އާމިރު ހާންގެ ފިލްމު ލާލް ސިންގް ޗައްޑާގެ ޝޫޓިންގްތަކުގައި ވެސް ކަރީނާ ބައިވެރިވެފައި ވެއެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. އެ ދެމަފިރިންނަށް ތައިމުރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް