ads
އިންޑިއާގެ ފޮރިން މިނިސްޓްރު ޑރ. އެސް. ޖައިޝަންކަރް ފުރާވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ޖެއިޝަންކަރް ފުރާވަޑައިގަންފި!
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާވާލައްވާ ފުރާވަޑައިގަންފި އެވެ.

ޑރ. ޖެއިޝަންކަރް ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. 

މި ދަތުރުފުޅުގައި ޑރ. ޖެއިޝަންކަރް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އެމަނިކުފާނު އިހްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދް ދީދީގެ އިތުރުން ފިނޭންސް މިނިސްޓަރު އާއި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ހައުސިން މިނިސްޓަރާއިއެކު ޖޮއިންޓް މީޓިންއެއް ވެސް ވަނީ ބާއްވާފައެވެ

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިގެންދިޔައިރު އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް ވެސް ޖެއިޝަންކަރް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖެއިޝަންކަރް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިމިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވި ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް