ads
އެއާޕޯޓް
ހުވަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމް ކުރާނަން: ރައީސް
ހުވަދު އަތޮޅުގައި އިންޓާނޭޝަނަލް އެއާޕޯޓެއް އެމްޑީޕީގެ މި ސަރުކާރުގެ ދައުރުގައި ގާއިމް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިިވަނީލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ދިވެހި ރާއްޖޭގައި އަދި ހުންނަނީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއީ ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހުޅުލޭގައި ހުންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހދ. ހަނިމާދޫގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ.

 އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން ރަށްޔިތުން ނަގާފައިވާ ލޯނަކީ ސުނާމީ ލޯނެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ލުޔެއް ގެނެސް ދިނުމަށް މިހާރު ދަނީ ބޭންކާ އެކީ ވާހަކަދައްކަމުން ކަމަށެެވެ.

އަދި މިހާރު ސްޕީޑް ފެރީގެ ހިދުމަތް ތިލަދުން މަތިން ފެށިގެން އައި ނަމަވެސް ދެން އެ މަޝްރޫ ހުވަދޫގައި ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.އަދި އެ ފެރީގެ ނިޒާމުގެ ތެރޭގައި ކާގޯ އުފުލޭ ނިޒާމެއްވެސް ހަމަޖެހިފައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުގެ ދައުރުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އަދި އެއީ ކޮން ރަށެއްގައި ކަމެއް ނިންމާފައި ނުވާ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް