މިކަން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވަނީ ސީއެންއެމް އަށް ޔަގީން ކޮށްދެއްވާފައެވެ.
އަދުރޭ ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕޯކްޕާސަން ހީނާ ވަލީދު ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ހީނާ ވިދާޅުވީ އަދުރޭ ހައްޔަރު ކޮށްފައިވަނީ ގެއަށް ވަޑައިގަތުމަށް ޕާޓީ އޮފީސް ދޮރުމަށްޗަށް ނިކުތްތަނާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެޗްޕީއޭގެ ގައިޑްލައިނުތަކާއި ހިލާފަށް އަދުރޭގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.