ads
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ޔާމިން ސާރުކާރުން އިންޑިއާ އަތުން 100 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގަން އުޅުނު!
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ވި އެއްބަސްވުމުގައި ކުރީ ސަރުކާރުން ސޮއި ނުކުރީ އޭރުގެ ބޮޑުންގެ ޖީބަށް 100 ވަރަކަށް މިލިއަން ޑޮލަރު ނަންގަވަން އުޅުމުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
Advertisement

ދޮންބިލެތް މިހެން ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ. 

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވަނީ، އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑަކާއި ހާބަރެއް ގާއިމުކޮށް އެތަނަކީ ދިވެހި ސިފައިންގެ ކަނޑު އުޅަނދުތައް މަރާމާތުކުރުމަށާއި ބަނދަރުކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅެއް ކަމަށް ވިދާޅުވެފައެވެ. 

އުތުރުތިލަފަޅު ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއާއި ގުޅިގެން ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، މި މައްސަލައަކީ 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުން ފެށި މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 2016 ވަނަ އަހަރު އެކްޝަން ޕްލޭނެއް ހަދާ، އެ މަޝްރޫއުގެ ވާހަކަ ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނު ކަމަށް ދޮންބިލެތް ވިދާޅުވިއެވެ ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން، އެއްބަސްވުމުގައި ސޮއި ނުކުރެވި ދިޔައީ އޭރުގެ ސަރުކާރުގައި ކަންތައްތައް ހުރި ގޮތުން ކަމަށް ދޮން ބިލެތް ވިދާޅުވިއެވެ. 

"މި މައްސަލައަކީ 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުން ފެށި މަސައްކަތެއް. މުހިއްމު މަސައްކަތެއް. އެހެން ނަމަވެސް ފައްޓަވާފަ މި މަސައްކަތުގެ ތެރެއިން 2016 ވަނަ އަހަރު އެކްޝަން ޕްލޭނެއް ހެދި. މިއަށް ވަރަށް ބޮޑަށް ވާހަކަ ދެކެވިފަ، ސޮއި ކުރުމާއި ހަމައިގާ އޭރުގަ އެސަރުކާރުގައި ކަންތައްތައް ހުންނަ ގޮތުން ސޮއި ނުކުރެވި ދިޔައީ. 100 ވަރަކަށް މިލިއަން ޑޮލަރު އަމިއްލަ ޖީބަށް ނަންގަވަން އުޅުމުގެ ސަބަބުން އޭރުގަ ސޮއި ނުކުރެވި ދިޔައީ." ދޮންބިލެތް ވިދާޅުވިއެވެ.

މި ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާ، އިންޑިއާއާއެކު އެއްބަސް ވުމުގައި ސޮއި ކުރެއްވީ، މިއީ ރާއްޖޭގެ ރައްޔިތުންނަށްޓަކާ ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ލިބުނު ވަރަށ ްބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ދިވެހިންގެ ތަރައްގީއާއި މި ގައުމުގެ ސަލާމަތަށް މުހިއްމު ކަމެއް ކަމަށް ދޮން ބިލެތް ވިދާޅުވިއެވެ. 

your imageބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)---

މީގެ އިތުރުން އުތުރުތިލަފަޅު ބަނދަރުގެ މި މަސައްކަތަކީ ހަމައެކަނި މި ސަރުކާރުން ކުރަމުން އައި އުއްމީދެއް ނޫން ކަމަށާއި، ނަމަވެސް ހުރިހާ ސަރުކާރަކުންވެސް އުއްމީދު ކުރަމުން އައި ކަމެއް ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން އިންޑިއާއާއެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައިނުވާއިރު،  ޗައިނާ އާއި ޕާކިސްތާނާ އެކީ ގައިވެސް ހަމަ މިފަދަ މަޝްރޫއުގެ މަސައްކަތް ކުރުމުގެ މަސައްކަތުގައި ކުރީ ސަރުކާރުން އުޅުނު ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އަދި އޭރު އެކަން ނުކުރެވި ދިޔައީ އޭރުތިބި ވެރިންގެ ޖީބަށް ކޮންޓެރެކްޓުގެ ދެބައިކުޅަ އެއްބައި ލާން ބޭނުންވެ، "އެކަން ކުރަން އުޅުނު ބައެއްގެ އަތުން ލާރި ނުލިބިގެން" ކަމަށް ދޮން ބިލެތް ވިދާޅުވިއެވެ.

"އެކަން ނުކުރެވި ދިޔައީ އޭރުގަ ތިއްބެވި ވެރިންގެ ޖީބަށް، ކޮންމެ ކޮންޓްރެކްޓެއްވެސް އަންނަން ބޭނުންވަނީ، 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްވިއްޔާ 50 މިލިއަން ޑޮލަރު އެބޭފުޅުންގެ އަމިއްލަ ޖީބަށް. އެހެންވީމާ މި ސިފަވަރުގެ މަސައްކަތްވެސް ވަނީ އޭރުގެ ސަރުކާރުގައި ތިއްބެވި އިސްވެރިންގެ ޖީބަށް އެކަން ކުރަން އުޅުނު ބައެއްގެ އަތުން ލާރި ނުލިބިގެން ކުރިއަށް ނުގެންދެވިފަ." ދޮން ބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މި އެއްބަސްވުމާއި ގުޅިގެން ކުރެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އެގޮތުން މި އެގްރީމަންޓު ވުޖޫދު ކުރެއްވުމަށްޓަކާ އާދަމް ޝަރީފު ބުރަ މަސައްކަތްތަކެއް ކުރެއެއްވި ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އަދި އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން 2016 ވަނަ އަހަރު ބުރަ މަސައްކަތެއް ކުރެއްވި ނަމަވެސް، އޭރުގައި އެއްބަސްވުމުގައި ސޮއި ނުކުރެވުނީ ސަރުކާރުގައި ތިބި ދަހިވެތި ބައެއްގެ ސަބަބުން ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. 

އުތުރުތިލަފަޅު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢާއި ގުޅިގެން މެމްބަރު ޝިޔާމް މަޖިލީހުގައި ވިދާޅުވީ، ކުރީ ސަރުކާރުން މި އެއްބަސްވުމާއި ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކުރެއްވިއިރު އެކަމުގައި އެގައުމުން ހުށަހެޅި ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތަށް ރަނގަޅު ޝަރުތުތަކެއް ކަމަށް ގަބޫލުނުކުރެވޭތީ، އެ އެއްބަސްވުން އޭރު އެކުލަވާ ނުލީ ކަމަށެވެ. އަދި އޭރު އިންޑިއާއިން ކުރި ޝަރުތުތަކާއެކު މި އެއްބަސްވުން އެކުލަވާލުމަކީ ރާއްޖޭގެ ގައުމީ ސިޔާސަތަށް ފުށުއަރާނެ ކަމެެއް ކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން އޭރު ލަފާ ދިން ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ. 

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
70%
ވަރަށް ސަލާމް
ކޮމެންޓްސް