ads
ކަޕިލް ޝަރްމާ--
ފުރޮޅުލީ ގޮނޑީގައި އިންދާ ފޮޓޯ ނެގުމުން ކަޕިލް ރަތަށް!
އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން ކަޕިލް ޝަރްމާ އިއްޔެ މުމްބާއީ އެއާޕޯޓުން ފެނިގެންދިޔައީ ފުރޮޅުލީ ގޮނޑީގައި އިން މަންޒަރެވެ.

އެެހެން މީހެއްގެ އެހީތެރިކަމާއެކު ކަޕިލް އެއާޕޯޓް ތެރެއަށް ވަދެގެންދާއިރު އެ ސަރަހައްދުގައި ޕަޕަރާޒީން ވެސް ހަރަކާތްތެރިވި އެވެ. އެކަމަކު ޕަޕަރާޒީންގެ ކެމެރާތަކުގެ ކުރިމައްޗަށް އަރާއި ކަޕިލްގެ ފަރާތުން އިއްޔެ ފެނުނީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. 

މީގެ ކުރިން ވެސް ނޫސްވެރިންނާއި ދިމާލަށް އާންމުންގެ ތެރޭގައި ރުޅިވެރިކަމާއެކު ވާހަކަ ދައްކާފައިވާ ކަޕިލް މިވަނީ އޭނާގެ ރޫޑްކަން އަނެއްކާ ވެސް ނޫސްވެރިންނަށް ދައްކާލާފަ އެވެ. 

ކުރިމަތިން ދުރަށް ދިއުމަށް ކަޕިލް ވަރަށް "ރޫޑް" ކޮށް ބުނުމާއެކު އެންމެން ވެސް ހައިރާންވި އެވެ. އަދި އެއީ އޭނާ ބަލިވެފައި އިނުމުން އަމަލުކުރި ގޮތެއް ކަމަށް ބެލެވެ އެވެ. 

ކޮންމެއަކަސް ޕަޕަރާޒީންނަށް އެެއްވެސް އިހުތިރާމެއް ނެތް ގޮތަކަށް އަމަލުކުރުމުން ބައެއް މީހުންގެ ފާޑުކިޔުމާއި ވެސް ކަޕިލްއަށް ކުރިމަތިލާން ޖެހުނެ އެވެ. 

ކަޕިލް ފުރޮޅުލީ ގޮނޑީގައި އިނީ އޭނާއަށް ކޮން ކަހަލަ އަނިޔާއެއް ކިހިނެއް ލިބިގެން ކަމެއް ސާފެއް ނުވެ އެވެ.

ދަ ކަޕިލް ޝަރްމާ ޝޯއާއި ކޮމެޑީ ނައިޓްސް ވިތު ކަޕިލް ފަދަ ޝޯތައް ކަޕިލް އުފައްދާފައިވާއިރު އޭނާގެ ކަޕިލް ޝަރްމާ ޝޯ ނިންމާލަން އުޅޭ އަޑުތައް ވެސް ގަދަވި އެވެ. ކަޕިލް އެކަމުގައި ބުނަނީ ދެވަނަ ދަރިއަކު ލިބުން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. 

އެހެންނަމަވެސް އެ ނިންމުމާއެކު އޭނާގެ ސަޕޯޓަރުން ތިބީ ވަރަށް މާޔޫސްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް