ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
މިއަދު ޕޮޒިޓިވީ 161 މީހުން
މިއަދު ރާއްޖެއިން އިތުރު 161 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަނޑިއިރު ތެރޭގައި 5000 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 139 މީހުންނެވެ. 

އަދި މާލެއިން ބޭރުގެ އަދަުތަކަށް ބަލާއިރު އަތޮޅުތަކުން 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައި ވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 18،930 އަރާފައެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް މިވަގުތައް ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައިކަން ފާހަގަކުރެވެއެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 162 މީހުންނަށެވެ. 

ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 16،351 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް