ads
ހދ. ނޮޅިވަރަމް--
ނޮޅިވަރަމްގައި ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދެމުންދަނީ ބާ މިސްކިތެއްގަ: ކައުންސިލް
ހދ. ނޮޅިވަރަމްގައި ޕްރީ ސްކޫލް ކުދިން ތައުލީމް ހާސިލުކުރަމުންދަނީ ކުރީގެ ބާ މިސްކިތެއްގައި ކަަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން ކައުންސިލް މެންބަރު މުހައްމަދު ހުސެއިން ވަނީ ރަށުގައި ހުރި ބޮޑު ކަންބޮޑުވުންތަކެއް ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި އެކަންކަން ހައްލުކޮށްދިނުމަށް އެދިފައިވެއެވެ. 

އެގޮތުން ރަށުގަައި ޕްރީ ސްކޫލް އުމުރުފުރާގެ ކުދިން ކިޔަވާތަނެއް ނެތްކަން މުހައްމަދު ފާހަގަކުރިއެވެ. އަދި އެކުދިންނަށް މިހާރު ކިޔަވައިދެމުންދަނީ ކުރީގެ ބާ މިސްކިތުގައި ކަމަށް މުހައްމަދު ވިދާޅުވިއެވެ. އެކަމަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ނޮޅިވަރަމްގައި ޕްރީ ސްކޫލްއެއް ނެތް ކަމުގައި ވީނަމަވެސް މިހާރު ހުރި ސްކޫލްގައި ފަސް ކްލާސް ރޫމް އިތުރަށް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާނެ ކަމަށެވެ. އަދި މަލްޓިޕާޕާސް ހޯލެއް އެޅުމުގެ މަސައްކަތެއްވެސް ކުރިއަށް ދާނެ ކަމަށާއި އެ މަސައްކަތް ޓެންޑާ ކުރެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަސްތެރޭގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންނަަމަވެސް ޕްރީ ސްކޫލްއެއް ނެތް މައްސަލާގައި ރައީސް އެއްޗެއް ވިދާޅުވެފައި ނުވާއިރު ރައީސް ވިދާޅުވީ އެ މައްސަލާގައި އެއްޗެއް ވިދާޅުވާނީ އެޑިޔުކޭޝަން މިނިސްޓަރު ކަމަށެެވެ.

އޭގެ އިތުރުންވެސް ހައްލުނުވެހުރި ގިނަ ކަންތައްތަކެއްގެ ވާހަކަ މެންބަރު މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ނަގާފައި ހދ. އަތޮޅުގެ އެއްވަނަ އާބާދީއަކީ ނޮޅިވަރަމް ކަމަށާއި އެެހެންނަަމަވެސް ކުނި މެނޭޖްކުރުމަށް ހދ. އަތޮޅުގެ ރަށްތަކުގެ ލިސްޓުގައި ނޮޅިވަރަމުގެ ނަން ނުހިމެނޭ ކަމީ އެ ރަށު ރައްޔިތުންގެ ކަންބޮޑުންއޮތް ކަމެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ.  ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރަށުގެ އިންޖީނުގެ ހުރި ތަނަކީ އިންޖީނުގެއެއް ހުުރުމަށް އެކަށީގެންވާ ތަނެއް ނޫންކަމެވެެ. މުހައްމަދު ވިދާޅުވީ ރަށުގެ ރައްޔިތުން އެދެނީ އިންޖީނުގެ ރަށުގެ ސްކޫލްއާއި ނޫނީ ރަށުގައި އަލަށް މީހުން އާބާދުވީ ސަރަހައްދު ނޫން ސަރަހައްދަކަަށް ބަދަލުކޮށްދިނުން ކަމަށެވެ. 

މުހައްމަދު އިތުރަށް ވަނީ ދަނޑުވެރިންނަށް ކަރަންޓްގެ ހިދުމަތްވެސް ނުލިބުމާއި ރަށަކީ އާބާދީގެ ގޮތުން 2700 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށަކަަށް ވެފައި ރަށުގައި ކުޅިވަރުގެ ގިނަ ހުނަރުވެރިންތަކެއް ތިބިކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ރަށުގައި ފެންވަރު ރަނގަޅު ވޯލީ ބޯޅަ ކޯޓެއްވެސް ނެތްކަމަށާއި އެކަމަކީ ރަށުގެ ޒުވާނުން ވަރަށް ބޮޑަށް އެދޭ ކަމެއްކަން މުހައްމަދުވަނީ ފާހަގަކޮށްފައެވެ. 

އޭގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތް ވޯކަރުގެ ވަޒީފާ ހުސްވެފައިވާކަން ފާހަގަކޮށް އެ ދެމަގާމަށް މުވައްޒަފުން ހަމަޖައްސާވާދިނުމަށްވެސް މުހައްމަދު ވަނީ އެދިފައެވެ. 

ރައީސް ސޯލިހް ވަނީ އެކަން ކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

69%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް