މި އެއްބަސް ވުމަށް އާދެވިފައިވަނީ ކަޝްމީރު މައްސަލައިގައި ޕާކިސްތާނުން ރަހީނުކޮށްފައިވާ އިންޑިއާގެ އަސްކަރީ ސިފައިން ދޫކޮށްލުމަށް ނިންމުމާ ގުޅިގެންނެވެ.
މި އެއްބަސް ވުމަކީ 2003 ވަނަ އަހަރު ވެސް އިންޑިއާއި ޕާކިސްތާނުން ވީ އެއްބަސްވުމެކެވެ. ނަމަވެސް، ދެ ގައުމުގެ މެދުގައި ތަފާތު ހަމަނުޖެހުންތައް އިތުރުވެ މި އެއްބަސްވުމަށް މިހާތަނަށް ދިގުމުއްދަތައް އަމަލުކޮށްފައެއް ނުވެއެވެ.
ނަމަވެސް އަލުން މި އެއްބަސްވުމަށް އަމަލުކުރަން ނިންމާފައިވާކަން އިންޑިއާ އަދި ޕާކިސްތާނުގެ އަސްކިރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ދެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ބޭނުމަކީ މިނިވަން މާހައުލެއް ދެ ގައުމުން ވެސް ގާއިމް ކުރަން ބޭނުންވާތީ ނިންމި ނިންމުއް ކަމަށެވެ.
މި އެއްވަސް ވުމަށް އަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.