ads
--------------
ރިތިކް ދެން މީހަކާ ނީންނާނެ!
ރިތިކް ރޯޝަންއަކީ އެންމެ ރީތި އެއް ތަރިއެވެ. ކުރިން ސުޒޭން ހާނާ ކައިވެނިކޮށްގެން އުޅުން ރިތިކް ވަރިވީ 2014 ވަނަ އަހަރު އެވެ.

ދެމީހުން ވަކިވިތާ ތިން އަހަރު ފަހުން ރިތިކް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ބޮލަށް ކައިވެނިކުރުމުގެ ވިސްނުން މިހާރު ނާންނަ ކަމަށް ބުނެފަ އެވެ. އެއީ ކާބިލް ނެރުމުގެ ކުރިން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ރިތިކް ބުނި އެއްޗެކެވެ. 

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރެވެ. ކައިވެނި ރޫޅުނުއިރު އެމީހުންނަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު ވަކިވި ނަމަވެސް ދެ ކުދިންގެ ކަންކަން ދެމީހުން އަންނަނީ އެކުގައި ބަލަހައްޓަމުންނެވެ. ވަކިވި ފަހުން ވެސް އެމީހުން އެކުގައި ފެނިގެންދާއިރު ކުދިންނާއެކު ޗުއްޓީ ދަތުރުތައް ވެސް ދެމީހުން އެކުގައި ގޮސް ހަދައެވެ.

ވަރިވުމަށް ފަހު ވެސް އެކަކު އަނެކަކަށް ލިބޭ އުފަލާއި ހިތާމަތަކުގައި ދެ މީހުން ވެސް ބައިވެރިވަމުން އަންނައިރު އެމީހުންގެ އާއިލާ އެދޭ އެދުމަކީ ދެމީހުން ގުޅުމެވެ. އެގޮތުން ސުޒޭންގެ ބައްޕަ ވެސް ވަނީ ރިތިކް އާއި އޭނާގެ ދަރިފުޅު ގުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ބުނެފައެވެ.

ރިތިކް އާއި ސުޒޭން 13 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވީ ކަންގަނާ ރަނައުތާއި ރިތިކްއާ ދެމެދުގައި ގުޅުމެއް އޮތުމުގެ ސަބަބުން ކަމަށް އަޑުތައް އެރި ނަމަވެސް އެއީ ދޮގެއް ކަމަށް ރިތިކް ބުނެއެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް