ads
ޝެއިހް އަލީ ޒައިދު--
މިސްކިތް ބަންދުކުރަންވާނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅޭނަމަ: ޝެއިހް ޒައިދު
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ވާނީ އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތަކެއް އެޅޭނަމަކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުުކުރުމުގެ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތުގެ ނަމާދަކީ މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަން ކަމަށާއި އެކަން އެހެން އޮތްއިރު އެވަރުގެ ބޮޑުކަމެއް ހުއްޓާލަން ވާނީ، މުޖުތަމައުގެ ހުރިހާ ދިމާލަކުން އެއްހަމަޔަކުން އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތައް އެޅޭނަމަ ކަމަށެވެ.

އަދި އެކަން އެގޮތަށް ކުރަންވާނީ އެނޫން އެއްވެސް ގޮތެއްނެތިގެން ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ. 

ކޮވިޑް-19 ގެ މިހާލަތުގައި އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް މަޝްވަރާކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، ކޮވިޑް-19 ގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވަމުންދާތީ އިތުރަށް ކަންކުރަންވީ ގޮތްތަކާއިމެދު ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް މީގެ ކުރިންވެސް ވަނީ ކުރެވިފައި ކަމަށެވެ. 

އަދި އެ މަޝްވަރާތަކުގެ ތެރެއިން މިހާލަތުގައި މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށް އެޗްޕީއޭގެ ފަރާތުން ލަފާދީފައިވާ ކަމަށާއި އެހެންކަމުން މިނިސްޓްރީން މިހާރު މިސްކިތްތައް ބަންދުކުރުމާއި ބެހޭ މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށް މިނިސްްޓްރީން ބުނެއެވެ. 

ކޮވިޑްގެ ހާލަތު އައްޑޫއާއި ފުވައްމުލަކު ސަރަހައްދުގައި ބޮޑުވުމާއިއެކު އެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަަހައްދުގައި ކޮވިޑްގެ ހާލަތު ބޮޑުވަމުން ދިޔުމާއިއެކު މިހާރު މިސްކިތްތައް ބަންދުކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު މިކަމާއި ގުޅިގެން ދީނީ އިލްމްވެރިން ދަނީ ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެޗްޕީއޭއިން މިހާރުވަނީ މާލޭ ސަރަހައްދުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު 8:30 ފެށިގެން ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމާއި ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ފަށާފަ އެވެ. އެއަށްފަހު 12 ފެބްރުއަރީން ފެށިގެން އަނެއްކާވެސް އިރުއޮއްސި 06:00 ގެ ފަހުން ދުއްވާއެއްޗެހި ދުއްވުން މަނާކުރިއެވެ. އަދި މާދަމާ އިން ފެށިގެން ގްރޭޑް ނުވަޔަކުން ފެށިގެން ދަށް ގްރޭޑްތަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާއިރު މިރޭ 8:00 އިން ފެށިގެން ކޮންމެ ރެއެއްގެ 8:00 އާ ހަމައަށް ކެފޭ ރެސްޓޯރަންޓްތަކުގައި ތިބެގެން ހިދުމަތް ދިނުން ވެސް ހުއްޓާލަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް