އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 3،952 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 92 މީހުންނެވެ.
އަދި މާލެއިން ބޭރުގެ އަދަދުތަކަށް ބަލާއިރު އަތޮޅުތަކުން ފަސް މީހަކާއި ރިސޯޓުތަކުން 16 މީހުންނާއި ސަފާރީއަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 19،597 އަރާފައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 170 މީހުންނަށެވެ.
ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 17،132 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު މަރުއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ.