ads
ތިން ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި
ހއ. މޮޅަދޫ އާއި މ. ވޭވަށް އަދި ލ. މުންޑޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
Advertisement

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. 

އެ މަޝްރޫއުގެ ދަށުން ތިން ރަށުގެ އީ.އައި.އޭ މަސައްކަތާއި ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި ނަރުދަމާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް އަދި ގޭގެއަށް ކަނެކްޝަން ގުޅުވައިދިނުން ހިމެނެ އެވެ. 

މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކުރީ 35.8 މިލިއަން ރުފިޔާ އަށެވެ. އަދި މުންޑޫގައި 35.5 މިލިއަން ރުފިޔާއަށް އެ މަޝްރޫއުކުރިއަށް ގެންދަން ހަވާލުކުރިއިރު ވޭވަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަން 32.6 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. 

އެ ތިން ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަން އެ ކުންފުންޏާއި ހަވާލުކުރީ 780 ދުވަހުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް