ހައިލަމް-- ފޮޓޯ: އަވަސް
އިސްތިއުނާފީ މުއްދަތަކީ ކުޅޭ ކުޅިވަރެއް ނޫން: ހައިލަމް
Share
މައްސަލައެއް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ކުޅޭ ކުޅިވަރެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
Advertisement

ހައިލަމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިގެ އިސްތިއުނާފު ވަގުތު ހަމަވެފައިވާ ކަމަށް ބުނެ، ކޯޓުން އެ މައްސަލަ ބަލައި ނުގަތުމާއި ގުޅިގެންނެވެ.

އެގޮތުން އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ކުޅޭ ކުޅިވަރެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މައްސަލަ ގެންގުޅުއްވާ ދައުލަތުގެ ވަކީލު ނުވަތަ ކުރީގެ ޕީޖީ ކަންތައް ކުރެއްވި ގޮތުން މައްސަލަ އިސްތިއުނާފު ނުކުރެވުނީ ކަމަށް ބުނަން ލަދު ގަންނަން ޖެހޭ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަންނަކަމަށް އެ ކޯޓުން ބުނެފައިވަނީ މިއަދު އެވެ. 

އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި ނުވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރުމަށްފަހު އިސްތިއުނާފު ކުރަން ދީފައިވާ ވަގުތު ފާއިތުވި ފަހުން މައްސަލަ އިސްތިއުނާފު ކުރުމުން ކަމަށް އެކޯޓުން ބުނެއެވެ.

މީގެ ކުރިން ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިޖުރާއީ މައްސަލަތަކަކާ ހުރެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ޕީޖީން ވަނީ މި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައި އެވެ. މި މައްސަލައިގައިވެސް ޕީޖީ އޮފީހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް