ads
ބޮޑު ހަބަރު
އެޗްޕީއޭއިން އެދުނު ގޮތަށް އަމަލެއް ނުކުރޭ!
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު ހުރި ގޮތުން އެޗްޕީއޭ އަންނަނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގްރޭޑުތަކެއްގެ ކިޔެވުން ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައި ވާއިރު، ކުޅުވަރު ކުޅުން މަނާކުރުމުގެ ސަބަބުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ފަރާތުންނާއި އެފްއޭއެމްއިން ދިމާވި ޕްރެޝަރާއި އެކު ފަރިތަކުރުންތައް ފަށަން ހުއްދަ ދިންނަމަވެސް އިތުރު ދެ ހަފްތާއަށް މަޑު ޖައްސާލުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެހެންނަމަވެސް މިނިސްޓްރީން ސްކޫލުތަކަށް އަންގާފައި ވަނީ މިއަދުން ފެށިގެން ސްކޫލުތަކުގެ ނުވަޔަކުން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި، ނަމަވެސް މަތީ ގްރޭޑްތަކުގެ ކިޔެވުން، ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެން ކުރިއަށް ގެންދާށެވެ. 

އެޗްޕީއޭގެ އަންގާފައިވާ ގޮތާއި ހިލާފަށް ނުވަޔަކުން މަތީގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ނެރެގެން ކިޔަވަމުން އަންނައިރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެޑިއުކޭޝަން މިނިސްޓަރު ޑރ، އައިޝަތު އަލީއަށް ފޮނުއްވި ސިޓީގައި ވަނީ، ބަލި ފެތުރޭ މިންވަރާއި ހާލަތަށް ބަލާއި ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލުތަކުގެ ހުރިހާ ޕިޒިކަލް ކްލާސްތައް ހުއްޓާލުމަށް އެދިފައެވެ. 

މިކަމާއި ގުޅިގެން ބައެއް ބެލެނިވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ. އެއީ މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވަނިކޮށް ވެސް އެޗްޕީއޭގެ އެދުމާއި ހިލާފަށް ސްކޫލުތަކުން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެމުންދާތީ އެވެ. 

މީގެއިތުރުން، ރައްކާތެރިކަމުގެ ގޮތުން އަމަލުކުރުމަށް އެޗްޕީއޭއިން އެދުނު ގޮތާ ހިލާފަށް، ފުޓުބޯޅަ ކްލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އެފްއޭއެމްއާއި އެޗްޕީއާއި އެކުގައި ކުރެވުނު މަޝްވަރާ ތަކަށްފަހު އެޗްޕީއޭއިން އެދިފައިވަނީ ދެ ހަފުތާ ފަހުން ޕްރެކްޓިސް ފަށާށެވެ. އެހެންނަމަވެސް ކްލަބުތަކުން ވަނީ މިއަދު ޕްރެކްޓިސް ފެށާފައެވެ.

ފުޓްބޯޅަ ކުލަބުތަކުން އެޗްޕީއޭއިން އެދުނު ގޮތާ ހިލާފަށް މިއަދު ޕްރެކްޓިސް ފެށިއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލުމަށްވެސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އަދި މާލޭގެ ކެފޭ ރެސްޓޯރަންޓް އަދި ސައި ހޮޓާތަކުގައި ރޭގަނޑު އަށެއްގެ ފަހުން އާއްމު ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. 

ކަން މިހެން އޮތްއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ، މާލެ އޮތީ ލޮކްޑައުން ކުރާ ހާލަތުގައި ކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް