ads
ވީޑިއޯ ރިޕޯޓް-
ބަސްނާހާ ކަމަށް ބުނުމަށްވުރެ، ވިސްނުން ބަދަލުކުރުން މުހިންމު!
އަޅާލާނެ ފަރާތެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގިނަ ކުޑަކުދިންތަކެއް ގެންދެވިފައިވެ އެވެ.
Advertisement

އެކުދިންނަކީ ދިރިއުޅުމުގައި ޅައުމުރުގައި ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ މައުސޫމް ކުދިންތަކެ ކެވެ. މައިންބަފައިންގެ ލޯއްބާއި އަޅާލުމުން އެކުދިން ވަނީ މަހުރޫމް ވެފައެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. 

އާންމު މުޖްތަމައާ އެކަހެރިކޮށް އެތަށް ދުވަހެއް ވޭތުކުރުމަށް ފަހު، ދައުލަތުން މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ޖެންޑާއިން ބައެއް ކުދިން ރާއްޖޭގެ ތިން ރަށެއްގައި ގާއިމްކޮށްފައިވާ އަމާން ވެއްޓަށް ވަނީ ބަދަލުކޮށްފަ އެވެ.  

އެގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 17 ކުއްޖަކު ވަނީ ބ. އޭދަފުށްޓަށް މިދިޔަ ޑިސެމްބަރު މަހު ބަދަލުކޮށްފަ އެވެ. އަދި ޖެނުއަރީ ހަ ވަނަ ދުވަހު ށ. ފޮނަދޫ އަމާން ވެއްޓަށް ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ވަނީ ބަދަލުކޮށްފަ އެވެ. 

މީގެ އިތުރުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ އިތުރު 11 ކުއްޖަކު ޏ. ފުވައްމުލަކު އަމާން ވެއްޓަށް ވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ޖެންޑާއިން ބަދަލު ކޮށްފައެވެ.

ނަމަވެސް އެކުދިން ބަދަލުވިތާ މާގިނަ ދުވަސްތަކެއްނުވެ އާންމުންގެ ތެރޭގައި އެކުދިންނާ ގުޅިގެން ނޭދެވޭ ވާހަކަތަކެއް ދެކެވެން ފެށިއެވެ. އެކުދިންގެ ޝަކުވާތައް ވަނީ ފުވައްމުލަކު ސިޓީ ފިޔަވާ އެހެން އަމާންވެށިތައް ގާއިމް ކޮށްފައިވާ ރަށްތަކުން އައިސްފައެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ އެކަން ދޮގުކޮށް އެކުދިންނާ ގުޅިގެން އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެދިފަ އެވެ. އެގޮތުން އާންމު ވެއްޓަށް އެކުދިން ހޭނުމަށް ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަކޮށް މުޖްތަމައުގެ ވިސްނުން ބަދަލު ކުރުމަށް އިލްތިމާސްކުރި އެވެ.  

ޖެންޑާއިން މިހެން ބުނެފައިވާއިރު ޒަމާނުންސުރެ ހިޔާކުދިންނާ މެދު އާމުންގެ ވިސްނުވާއި ފިކުރު ހުންނަގޮތް މުޖްތަމައިން ފެނިފައި ވެއެވެ. ވަރަށް ގިނަ ފަރާތްތަކުން ކުދިނާ މެދު ދެކެނީ ހިޔާ ކުދިންވީމައި "ބަސްނާހާ"ނެ ކަމަށެވެ. 

ނަމަވެސް ކުޑަކުދިންނަކީ އާންމުކޮށް ސަކަރާތްޖަހާ ބައެއް ފަހަރު "ބަސްނާހާ" އުޅޭ ކުދިންނެވެ. އެއީ ކުޑަކުދިންގެ މިޖާޒެވެ. މިއީ ހިޔާގައި ނޫޅުނަސް ކުޑަ ކުދިންގެ ފަރާތުން ވެސް ފެންނަ މަންޒަރުތަކެވެ. އެހެންކަމުން ކަމުން ވަކި ކުދިބައެއް ވީމައި އެކުދިން ބާކީކޮށްލައި އެކުދިންނާ މެދު ތަފާތުކޮށް ކަންތައް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

ދިރިއުޅުމުގައި ޅަ އުމުރެއްގައި އެތައްކަމެއް ދިމާވެފައިވާ ކުދިންތަކެއް އެހެން ކުދިންނާއެކު ބޮޑުކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. 

އެކުދިންގެ ހަޔާތުގައި އެހެން ކުދިނަށް ކުރިމަތިލާން ޖެހިފައިނުވާ ހާދިސާތަކާ ދިމާވެފައި ހުރުމުން އެކުދިންގެ މިޖާޒުވެސް އާންމުކުރިންނާ ތަފާތުވާނެ ކަން ވެސް މުޖްތަމައުން ގަބޫލު ކުރަން އެބަ ޖެހެއެވެ. މިކަމަކީ ގަބޫލުކުރަން ޖެހޭނެ ކަމެއް ކަން ވެސް ޖެންޑާއިން ވަނީ ބުނެފައެެވެ.

އަހަރެންގެ ނަޒަރުގާ ހިޔާ ކުދިންނާ މެދު ދިވެހިން ކުރިން ދެކެމުން އައި ގޮތް ދޫކޮށްލާ އެކުދިންނަކީ ވެސް އާދައިގެ ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކުދިންކަން ގަބޫލު ކުރަން ޖެހެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ލޯބީގެ ނަޒަރުން އެކުދިންނާ ދިމާލަށް ބަލަން އެބަ ޖެހެއެވެ. އެއީ ނުރުހުމުގެ ނަޒަރަކުން ބަލައިގެން އެކުދިންނަކަށް ވެސް އަދި މުޖްތަމައުގެ އެހެން ފަރާތްތަކަށް ވެސް ލިބޭން މަންފާއެއް ނޯންނާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް