ads
ޖޭއެސްސީ ---
ޖޭއެސްސީން އިންނަމާދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި
ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަރު އަލީ ނަޝީދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މުޖުތަމައު ގަބޫލު ނުކުރާފަދަ އަހުލާގީ މިންގަނޑާއި ހިލާފު ކަންތައްތަކެއް އަލީ ނަޝީދު ކުރަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން އެ ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިންވަނީ އަލީ ނަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު އެކޮމިޝަނުން ބޭއްވި ޖަލްސާގައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ނަޝީދަކީ މީގެ ކުރިންވެސް ޖޭއެސްސީން ބެލި މައްސަލައަކާއި ގުޅިގެން ނަސޭހަތްދީފައިވާ ފަރާތެކެވެ. އެގޮތުން މީގެ ކުރިން 2019 ވަނަ އަހަރު ތެރޭ އަލީ ނަޝީދު ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމާއި، ލިޔެކިއުންތައް ފޯޖު ކުރި މައްސަލައެއްގައި ޖޭއެސީންވަނީ ފިޔަވަޅޭއްގެ ގޮތުގައި ނަސޭހަތްތެރި ވުމަށް ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް