ads
ސުޝާންތު އަދި އަންކިތާ--
ފާޑުކިޔާތީ ސުޝާންތުގެ ސަޕޯޓަރުންނަށް އަންކިތާގެ ރައްދެއް
ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތު، ބޮލީވުޑަށް ނިކުތުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު، އަންކިތާ ލޮކާންޑޭ މިވަނީ އޭނާއަށް މީހުން ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއްދީފަ އެވެ.

އަންކިތާ މިވަނީ އޭނާގެ ވާހަކަ އެއްވެސް މީހަކަށް ނޭނގޭއިރު އެކަމާއި ގުޅިގެން އޭނާ ދެރަވާ ގޮތަށް ވާހަކަ ދައްކަމުން އަންނަކަން ފާހަގަކޮށްފަ އެވެ.

އިންސްޓަގްރާމު ލައިވެއް މެދުވެރިކޮށް އަންކިތާ ވަނީ، އޭނާ ސޯޝަލް މީޑިއާއަށް ހިއްސާކުރާ ފޮޓޯ އާއި ވާހަކަތަކާއި މެދު ކަންބޮޑުވާނަމަ، އޭނާ އަންފޮލޯކުރުމަށް އެދިފަ އެވެ. އަދި އޭނާ ވެސް، އޭނާއަށް ކަމުނުދާ މީހުން ފޮލޯނުކުރާ ކަމަށާއި އަދި އޭނާ އެހެން މީހުންނަށް ބަދު ބަސް ވެސް ބުނަމުން ނުދާ ކަމަށް ބުނެފައިވެ އެވެ.

އަންކިތާ ބުނީ މީހުން އޭނާއަށް ކިޔާ އެއްޗެއްސަށް އަޅާނުލި ނަމަވެސް އެކަމުގެ ސަބަބުން މައިންބަފައިންނަށް އޭގެ ނުރަނގަޅު އަސަރުކުރާ ކަމަށެވެ. އަންކިތާ ވަނީ، މީހުން އޭނާއަށް ފާޑުކިޔަމުން އަންނައިރު ސުޝާންތާއި އޭނާގެ ލޯބީގެ ގުޅުމުގެ ވާހަކަ ވެސް ނޭނގޭ ކަމަށެވެ. އަދި އޭނާ ގޯސް ކަމެއް ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން އަންކިތާ ވަނީ ސުޝާންތު ދެކެ އެހާ ލޯބިވާނަމަ އޭނާގެ ހައްގުގައި މިހާރު ވާހަކަ ދައްކަނީ ކީއްވެތޯ އަހާފަ އެވެ. އަދި އޭރު އެމީހުންގެ ގުޅުން ނިމުމަކަށް އައިއިރު އެމީހުން ކޮބާތޯ ސުވާލުކުރި އެވެ. އަދި މިއަދު ހުރިހާ ކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވަމުން އަންނައިރު އޭނާގެ ކުށެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަމްކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ޓީވީ ޝޯ، ޕަވިތުރަ ރިޝްތާއިންނެވެ. އެކަމަކު ހަ އަހަރު އެކުގައި އުޅުމަށް ފަހު އެ ދެ ތަރިން ވަކިވީ 2016 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް