އެމްއެންޑިއެފްއިން ބުނީ، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ، މިއަދު ހެނދުނު 09:03 ހާއިރު ކަމަށާއި، އެވަގުތުން ފަށައިގެން އެމްއެންޑިއެފްގެ ނޮދާން ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ކޯސްޓް ގާޑުގެ ލޯންޗެއްގައި 10:50 ހާއިރު އެމީހާ ނައިފަރަށް ގެންގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ، ޖުމްލަ 14 މީހުންނާއި އެކު މަހަށް ނިކުތް ހަޒާނާ ދޯނިން ފިޓު ޖެހިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި މަސްވެރިއަކަށް ކަމަށެވެ.