ads
ކްރިމިނަލް ކޯޓު----
ރުގްޔާގެ ނަމުގައި އަނިޔާކުރި މީހުން ދައުވާއަށް ދެކޮޅު ހަދައިފި
ރުގްޔާކުރުމުގެ ނަމުގައި ހަތަރު މައިން، ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ދެމީހުން ދައުވާ އަށް އިންކާރު ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. 

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދެމީހުންނަށް ކޮށްފައިވާ ދައުވާއަށް އިންކާރު ކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މިމައްސަލައިގެ އަޑުއެހުމުގައި ކަމަށެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގެ ދައުވާ ހުށަހެޅުމުގެ އިތުރުން މައްސަލައާއި ގުޅިގެން ހެކިހުށަހަޅާފައި ކަމަށް އަމާން ވިދާޅުވިއެވެ. 

މި ދައުވާ އަކީ 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާއީލް ވަހީދު އެގެއަށް ގެނައި މުހައްމަދު އަސީލް ކިޔާ މީހަކު ލައްވާ، ރުގްޔާ ކުރުމޭ ކިޔައިގެން، އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާއީލް ވަހީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ކުރިދައުވާ އެކެވެ.

ދައުލަތުގެ ފަރާތުން އިސްމާއީލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް އަދި މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެއެވެ. މި ދެމީހުންވެސް ވަނީ މިދައުވާތަކަށް އިންކާރު ކޮށްފައެވެ. 

މި މައްސަލައިގައި ދައުވާ ކޮށްފައިވާ އިސްމާއީލް ވަހީދުއަކީ އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުޑަކުދިންނަކީ އޭނާގެ ދޮންދަރިންނެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު އަސީލަކީ އަންހެންމީހާއަށް ރުގްޔާ ކުރުމުގެ ނަމުގައި އަނިޔާ ކުރި މީހެކެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް