ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެ!
މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށް ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ލޯނަށް އެދުމުގެ އެންމެ ފަހު މުއްދަތު ހަނދާންކޮށްދީ މިއަދު ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ސްޓޫޑަންޓް ލޯނަށް އެދުމުގެ އެންމެފަހު ފުރުސަތު އޮންނާނެ ކަމަށެވެ.

ލޯނަށް އެދެން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މިފަހަރު ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން ކަނޑައަޅާނީ ލޯނަށް ހުށަހެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ވަގުތީ ލިސްޓެއް އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

ލޯނު ބޭނުންވާ ދަރިވަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބެލުމަށްފަހު އާއްމުކުރާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ހޭދަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ފުރަތަމަ 2 ހަފްތާގައި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެއެވެ. 

ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށަހަޅައިގެން އެފަދަ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިފަހަރުގެ ސުޓޫޑަންޓް ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ. ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވެސް ލޯން ސްކީމުން މި ފަހަރު ލިބޭނެއެވެ. 

ލޯނު ފުރުސަތުގެ ތަކުގެ ތެރޭގައި ޕައިލެޓްކަމާއި، އެމްބީބީއެސް ހިމެނެއެވެ. 

މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިނަށް 20 ޖާގަ ވަނީ ހާއްސަކޮށްފައި ކަމަށާއި ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފުލްފަންޑިން ލިބޭނެ ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. 

މިހާތަނަށް އެ ލޯނަށް 300 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ވަނީ ކުރިމަތިލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް