ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
މަލީހު، އޮށްގާ އުކަނީ ނުބައި ރައީސްއަކަށް: ދިޔާނާ
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު އޮށްގާ އުއްކަވަމުން ގެންދަވަނީ ނުބައި ރައީސްއަކަށް ކަމަށާއި މިނިސްޓަރު ކަމުން މަލީހު ދުރުކުރުމުގެ މައްސަލާގައި ގޯސް ހައްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަަމަށް ކުރީގެ ބަންޑަރާ ނައިބު، ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިމަހުގެ އެއް ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި މިނިސްޓަރުކަމުން މަލީހް ދުރުކޮށްފައިވާއިރު އެ ޖަލްސާގައި މަލީހަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް މަލީހު ތުހުމަތުކުރެއްވި މައްސަލާގައި ދިޔާނާ ވަނީ މިނިސްޓަރު ކަމުން މަލީހު ދުރުކުރުމުގެ މައްސަލާގައި ގޯސް ހައްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. 

ދިޔާނާ ވިދާޅުވީ، ރައީސް ނަޝީދުގެ ކެބިނެޓްގައި މަލީހް އިންނެވިނަމަ އެމަނިކުފާނު ދިފާއުކުރެެއްވުމަށް ހުރިހާ ގަލެއް އެމަނިކުފާނު ފުރޮޅުއްވީސްކަން ކަށަވަރުކަމަށާއި، ހުތުރީ ރައީސް ސޯލިހް ކަންތައްކުރެއްވި ގޮތް ކަމަށެވެ. ދިޔާނާ ވަނީ ވަޒީރު ކަމުނުދާނަމަ ދުރުކުރަންވާނީ ރީތިކޮށް ކަމަށާއި މަޖިލީހުން ނޮޅަން ދޫކޮށްގެން ނުވާނެ ކަމަށެވެ. 

މަލީހުގެ އިތުބާރު ނެތްކަމަށް ނެގުނު ވޯޓުގައި، ފެންނަކަމަށް 59 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓިދެއްވީ އެންމެ މެމްބަރެކެވެ. ހަތަރު މެންބަރަކު ހާޒިރެއް ނުވެއެވެ. 

އެ ޖަލްސާގައި ވަނީ މަލީހަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި މަލީހު ވިދާޅުވެފައިވަނީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން" ހިފާނެ ކަމަށެވެ. އަދި މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށާއި މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާކަަމަށެވެ. 

މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކާކަމުގެ ތުހުމަތުތައް މަލީހް ކުރެއްވުމާއި ގުޅިގެން މެންބަރުންވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަމެއް ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންފައެވެ. އަދި އޭނާ ވަނީ މިނިސްޓްރީއަށް މަތިކުރި ހުރިހާ މަސައްކަތްތައް ކުރެއްވި ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް