އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 124 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުން 10 މީހަކާއި ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
މިއާއެކު ރާއްޖޭގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2615 ގައެވެ. އަދި ރާއްޖެއިން ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 187 މީހަކަށެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 20،280 މީހުންނެވެ. އަދި މީގެ ތެރެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 17،595 މީހެކެވެ.
ކޮވިޑް ބަލީގާއި ރާއްޖެއިން މިއަދުވެސް މީހަކު މަރުވެފައިވާިއރު، މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ ޖުމުލަ 63 މީހެކެވެ.