ރައީސް އިބްރާހީމް މުހައްމަދު ސާހިލު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް މާފަންނު ރަންވަރަ، އަލްއުސްތާޒާ ހަދީޖާ ނައީމް ހައްޔަންކުރެއްވީ މިއަދު އެވެ.
އެ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި އައްޔަންކުރި ހަދީޖާ ނައީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވާސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓާސް އޮފް ލޯ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.
އަދި ހަދީޖާ ނައީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ލީގަލް އޮފިސަރުގެ މަގާމެވެ.
މީގެ އިތުރުން، އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ލީގަލްގެ މަގާމު ވެސް އެ ކަމަނާ ވަނީ މީގެ ކުރިން ފުރުއްވާފައިވެއެވެ.