ޓްވީޓާ މެދުވެރިކޮށް ރިތިކްގެ ބައްޕަ އަދި ޕްރޮޑިއުސަރު ރާކޭޝް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ފޮޓޯއަކާއެކު އެ ހަބަރު ހިއްސާކޮށްފަ އެވެ. ރިތިކްގެ މަންމަ ޕިންކީ ވެސް ވަނީ އިންސްޓަގްރާމަށް ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
މި ދެތަރިން ފޮޓޯ ހިއްސާކުރުމާއެކު އެމީހުންގެ ސަޕޯޓަރުން އަންނަނީ ރަނގަޅު ސިއްހަތެއްގައި ތިބުމަށް ދުއާކުރަމުންނެވެ. އަދި އެމީހުން ވެކްސިން ޖެހުމަކީ އެހެން މީހުންނަށް ވެކްސިން ޖަހަން ލިބޭ ހިތްވަރެއް ކަމަށް ބުނެ އެވެ.
އިންޑިއާގައި ވެކްސިން ދިނުމުގެ ދެވަނަ މަރުހަލާ ފަށައިގެން ކުރިއަށްދާއިރު އެގައުމުގައި ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިނެވެ. މިއީ މިވަގުތު ރާއްޖޭގައި ވެސް ދެމުން އަންނަ ވެކްސިނެވެ.