ތަންޔާ ޝަރުމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކުރޮސް ރޯޑް މޯލްޑިވްސްގަ އެވެ. އަދި އޭނާއާ އެކީގައި އިޝްކުމެ މަރުޖާވާގެ ބަތަލާ ހެލީޝާހް ވެސް ރާއްޖެ އައިސް އެބަ އުޅެ އެވެ.
ތަންޔާ އަދި އޭނާގެ އެކުވެރިން ރާއްޖޭގައި
އެ ދެތަރިންނަކީ ހިންދީ ޑުރާމާ ސީރީޒްތަކުން ބެލުންވެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދައިފައިވާ ދެތަރިންނެވެ.
ތަންޔާ ވަނީ އޭނާ މޫދުގެ އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ މަންޒަރުތަކާއި ތަފާތު ކެޔުންތައް ކާތަނުގެ ފޮޓޯ އަދި ވީޑިއޯވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.