ads
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި
މޯލްޑިވިއަންގެ ޕައިލެޓުން އިހުތިޖާޖު ކުރަނީ
މުސާރަ ނުލިބޭ މައްސަލައާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ޕައިލެޓުން ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ޕައިލެޓުން މުޒާހަރާ ކުރަނީ ފާއިތުވި ހަ މަސް ދުވަހު އެކަށީގެންވާ މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލާގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެ މައްސަލާގައި މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މޯލްޑިވިއަންގެ ބަހެއް އަދި ނުލިބެ އެވެ. 

މިއަދު ޕައިލެޓުން މުޒާހަރާ ކުރަމުން އަންނައިރު ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ވަނީ 50 ޕަސެންޓު ދަށްކޮށްފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ކުރިއެކޭ އެއްގޮތަށް ދޭނެ ކަމަށް މޯލްޑިވިއަންގެ މެނޭޖްމަންޓުން ބުނި ނަމަވެސް އަދި މިހާތަނަށް މުސާރަ އެގޮތަށް ނުދޭ ކަމަށް ވެ އެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް