ads
ފޮޓޯ--މޯލްޑިވިއަން
އިހުތިޖާޖަށް ނިކުތް ޕައިލެޓުން އަނބުރާ މަސައްކަތަށް ނިކުމެއްޖެ
އިހުތިޖާޖުކުރަމުންދިޔަ މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މަސައްކަތަށް ނިކުމެއްޖެ އެވެ.
Advertisement

މޯލްޑިވިއަންނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުންފާޅުކުރުމަށް ފަހު މަސައްކަތަށް އެނބުރި ނިކުމެފައިވާ ކަމަށެވެ.

އަދި ޕައިލެޓުންގެ ފަރާތުން ހައްލުކުރަން ހުރިކަންކަން ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހާ ހައްލުކުރަންހުރި ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަންދީފައި ކަމަށް ވެސް މޯލްޑިވިއަންނުން ބުނެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ޕައިލެޓުންދިޔައީ މުޒާހަރާ ކުރަމުންނެވެ. އަދި ޕައިލެޓުން މުޒާހަރާ ކުރަނީ ފާއިތުވި ހަ މަސް ދުވަހު އެކަށީގެންވާ މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލާގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިއަދު ޕައިލެޓުން މުޒާހަރާ ކުރަމުން އަންނައިރު ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ވަނީ 50 ޕަސެންޓު ދަށްކޮށްފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ކުރިއެކޭ އެއްގޮތަށް ދޭނެ ކަމަށް މޯލްޑިވިއަންގެ މެނޭޖްމަންޓުން ބުނި ނަމަވެސް އަދި މިހާތަނަށް މުސާރަ އެގޮތަށް ނުދޭ ކަމަށް ވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް