ads
ޑރ. މުހައްމަދު އިޔާޒު--
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާ ގުޅިގެން ޝެއިހް އިޔާޒު ސަސްޕެންޑު ކޮށްފި
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޑރ. މުހައްމަދު އިޔާޒު ސަސްޕެންޑު ކޮށްފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވަނީ އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުން އޭނާ ސަސްޕެންޑުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. 

އަދި ސަސްޕެންޑު ކޮށްފައިވަނީ 14 ދުވަހަށްކަން ހާމަކުރައްވާ ވިދާޅުވީ އެމްއެންޔޫގެ އެޗްއާރުން ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.

މިފަހުން ޑރ. އިޔާޒު ވަނީ އެޗްޕީއޭއިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ގައިދުރުކޮށް އަޅުކަން ކުރުމަކީ އެހެން ދީންތަކުގެ މީހުންގެ އާދައެއް ކަމުން އެކަން މުސްލިމުންކޮށްގެން ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވެ އެވެ. 

އެފަދަ ޕޯސްޓްތަކާއި ގުޅިގެން ޑރ. އިޔާޒަށް އާންމުންގެ ފާޑުކިޔުންތައް ވެސް ކުރިމަތިވެ އެވެ. އެކަމަކު ހައްގު ބަސް ބުނުމުގައި ދެމިހުންނާނެ ކަމަށް ޑރ. އިޔާޒު އަންނަނީ ވިދާޅުވަމުންނެވެ.

75%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް