ޑރ. އިޔާޒު މިހެން ވިދާޅުވީ، އޭނާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ލެކްޗަރާގެ މަގާމުން ސަސްޕެންޑު ކުރުމާއި ގުޅިގެން، ޝޭހު އަލީ ޒައިދު ޑރ. އިޔާޒަށް ހިތްވަރު ދެއްވާ ކުރެއްވި ޓްވީޓަކާއި ހަވާލާ ދެއްވައެވެ.
ޑރ. އިޔާޒު ސަސްޕެންޑު ކޮށްފައިވަނީ 14 ދުވަހަށެވެ. އެމްއެންޔޫގެ އެޗްއާރުން ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.
މިކަމާއި ގުޅިގެން ޑރ. އިޔާޒަށް ހިތްވަރު ދެއްވާ ޝޭހު އަލީ ޒައިދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކަށް ފަހަތަށް ނުޖެއްސޭނެކެކަަމަށެވެ.