ads
ރައްޔިތުންގެ މަޖިލިސް--
މަޖިލީހާއި ހަކުރާގެއާ އެއްހަމަ ކުރެވިދާނެ ބާ؟
މިހާރު ރައްޔިތުންގެ މަޖިލީސް ހުރިތަނަކީ ކުރިން ހަކުރާގެއާއި މާބަގީޗާގެ ހުރިތަނެވެ.

ހަކުރާގެ ނުވަތަ ހަކުރާ ގަނޑުވަރަކީ އަލްއަމީރު ހަސަން ފަރީދު ދީދީ ދިރިއުޅުއްވި ގެއެވެ.

ހަސަން ފަރީދު ދީދީ އަކީ އަތިރީގޭ ސުމުއްވުލް އަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ ދެވަނަ ދަރިކަލުންނެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ 1944 އިން 21 ފެބްރުއަރީ 1952 އަށް ދިވެހި ރަސްކަމުގެ ތަހުތަށް އިންތިހާބު ކުރެވިފައި ހުރި ރަދުންނެވެ. 

ހަސަން ފަރީދު ދީދީއަކީ، ދިވެހި ރާއްޖޭގެ ދައުލަތައް ގިނަ ދުވަހު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެގައި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލި މަޖުލިހުގެ މެންބަރުކަން، ވަޒީރުލް މާލިއްޔާކަން، ދެވަނަ ބޮޑުހަނގުރާމަ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވަލިއްޔުލް އަމްރުކަން، ވަޒީރުއް ދާހިލިއްޔާކަން، ވަޒީރުލް އައުޒަމްގެ ނާއިބުކަމުގެ އިތުރުން، ކޮޅުބުގައި ހުންނަ ދިވެހިރާއްޖޭގެ ރެޕްރެޒެންޓެޓިވްކަން ހިމެނެވެއެވެ. 

ހަކުރާގޭގެ ވާހަކަ މިއަދު ފެންމަތިވެފައިމިވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން ކުރީގެ ކޮމިއުނިކޭޝަންސް މިިނިސްޓަރު މަލީހު މަޖިލީހަށް ހާޒިރުކުރުމުން ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާނެކަމަށް ވިދާޅުވުމުންވެ. 

"އެހެންވީމަ ތަކުރާރުކޮށް މި ވިދާޅުވަނީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަން،" - މަލީހު

މިއަދު މަޖިލީހުގައި މަލީހު ތުހުމަތު ކުރެއްވިގޮތުން، އޭނާގެ މައްސަލަ މަޖިލީހަށް ހުށަހެޅުނީ "ޒާތީ" މައްސަލައެއްގައެވެ. އަދި އޭނާ ފާޅުކުރައްވާ ހިޔާލުތަކެއްގެ ސަބަބުންނެވެ. 

މަލީހުގެ މި ވާހަކަފުޅުތަކުން ބައެއް މީހުންނަށް ސިފަވީ ހަކުރާގެއަކީ މީހުންނަށް އަދަބުދޭ ޖަލެއްގެ ގޮތުގައެވެ. 

މިގޮތުން މަލީހު "ހަކުރާގޭގެ" ވާހަކަ ދެއްކެވުމުން ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހާއި "ހަކުރާގެއާއި" ހަމަކުރުމުން އެކަމުގެ ނުރުހުން ފާޅުކޮށްފައެެވެ. މެންބަރުންގެ ވާހަކަތަކުން ހަކުރާގެއަކީ ނުބައިކަމެއް ކުރިތަނެކޭ ވެސް ހީވެއެވެ. 

ދެން އޮތް ސުވާލަކީ ހަކުރާގޭ ފެންޑާގައި މީހުން އެކޮޅުކޮޅުން އެލުވުން ފަދަ އަނިޔާ ކުރިތޯއެވެ؟ 

ނަމަވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ، ހަކުރާގެއަކީ "ތަހުގީގީ އިދާރާއެއް" ނޫންކަމަށެވެ. އެހެންކަމުން އެ ގޭގެ ފެންޑާގައި މީހުން އެލުވާފައި ބަހައްޓަފާނެކަމަކަށް ނުބެލެވޭ ކަމަށެވެ. 

ނަމަވެސް މަލީހުގެ ވާހަކަފުޅުން ވެސް ހަސަން ފަރީދު ދީދީ ދިރިއުޅުއްވި ގަނޑުވަރަކީ "އަނިޔާވެރި" ތަނެއްގެ ގޮތައް ސިފަވިއެވެ. ނަމަވެސް އެއީ އެފަދަތަނެއް ވެސް ނޫނެވެ. 

މަޖިލީހާއި ހަކުރާގެއާ އެއްހަމަ ކުރެއްވި މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ވޯޓުގައި މަލީހާއި ދެކޮޅަށް 59 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 

މިހެންކަމުން މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނާއި، މަޖިލިސް މެންބަރުންވެސް ދެކެވޭ ވާހަކަތާއި، އެކަމުން ރައްޔިތުންނަށް ލިބޭ މެސެޖުތަކާމެދު ވިސްނަވައި، ކަންކަމުގެ ދެކޮޅު ބައްލަވައިގެން ވާހަކަދެއްކެވުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް