ބިޕާޝާގެ ފިރިމީހާ ކަރަން ސިންގް ގެ އުފަން ދުވަސް ފާހަގަކުރުމަށް އޭނާ ވަނީ ދާދިފަހުން ރާއްޖެއަށް އައިސްފައެވެ.
ރާއްޖެއައި އައުމާއެކު އޭނާގެ ސޯސަލް މީޑިއާ ފުރިގެން ދިޔައީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުންނެވެ.
ދެމަފިރިން ރާއްޖެ ދޫކޮށް ދިޔަތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާއިރު، އެނާ އަދިވެސް ރާއްޖޭގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެއެވެ.
އެންމެފަހުން އޭނާ ވަނީ އެންމެ ފުފާކޮށްދެނީ ދިވެހިރާއްޖޭގެ އަވިން ކަމަަށް ވެސް ބުނެ އިންސްޓަގްރާމަށް ވީޑިއޯ އެއް ވެސް ލާފައެވެ.