ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ސްޑޫޑެންޓު ލޯނަށް 1000 ވުރެ ގިނަ ދަރިވަރުން ކުރިމަތިލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ 770 ލޯނަށް 1176 ދަރިވަރުން ކުރިމަތިލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޕްލިކޭޝަންތައް މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އެކު ކަމަށެވެ. 

އަދި ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށް ވެސް މިނިސްޓަރު އިބްރާހީމް ވިދާޅުވި އެވެ.

މިފަހަރުގެ ސުޓޫޑަންޓް ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ. ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވެސް ލޯން ސްކީމުން މި ފަހަރު ލިބޭނެއެވެ. 

ލޯނު ފުރުސަތުގެ ތަކުގެ ތެރޭގައި ޕައިލެޓްކަމާއި، އެމްބީބީއެސް ހިމެނެއެވެ. 

މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިނަށް 20 ޖާގަ ހާއްސަކޮށްފައިއިރު ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފުލްފަންޑިން ލިބޭނެ ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. 

ލޯނުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް