ads
ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް!
ހައުސިން ޑިވެލޮޕްޓަމްންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމައިފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން "ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި ކޮންމެ މަހަކު އެއް ދުވަސް، އަންހެން މުވައްޒަފުންނަށް މެޑިކަލް ލީވެއް ދޭން ނިންމާފައިވާއިރު މިއާއެކު އެޗްޑީސީވެފައި މިވަނީ ރާއްޖޭގައި މިފަދަ ޗުއްޓީއެއްދޭ ފުރަތަމަ ކުންފުންޏަށެވެ.

އެޗްޑީސީގައި 166 އަންހެން މުވައްޒަފުން މަސައްކަތްކުރަމުންދެ އެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން އެކުންފުނިން ވަނީ އިސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަނާ ގުޅިގެން އޮންލައިންކޮށް ހާއްސަ ސެޝަނެއް ވެސް މިއަދު ކުރިއަށް ގެންގޮސްފަ އެވެ. ކަނބަލުންގެ ޗުއްޓީ ދޭން ނިންމިކަން އިއުލާންކޮށްފައި ވަނީ ވެސް މި ސެޝަންގެ ތެރެއިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ. 

މަސްއަރު ކަންތައް ދިމާވެގެން، އަންހެން އެތައް ވޭނަކާއެކު އުޅެމުން ވެސް އޮފީހަށް ދާން ޖެހޭއިރު އަނެއް ބަޔަކު އެފަދަ ކަމެއް ދިމާވެއްޖެނަމަ ބުނަނީ ސަލާމެވެ. މިހެންކަމުން، މިއީ މަސްއަރު ދުވަސްވަރު ހާލުގައި އުޅޭ އަންހެންވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް