ads
ވިރުޝްކާ
ވިރާޓް އަށް އަނުޝްކާގެ އެންމެ ކަމުދާ ސިފައަކީ މިއީ!
ބޮލީވުޑްގެ "ސުޕާ ކަޕަލްސް" ތެރޭ ހިމެނޭ އަނުޝްކާ ޝަރްމާ އާ ވިރާޓް ކޯލީ އާ ގުޅޭ ވާހަކައެއް ކިޔާފިއްޔާމުން މިދުވަސްކޮޅު ގިނައިން ފެންނަނީ އެމީހުންގެ އަލަތު ދަރީގެ ވާހަކަ އެވެ. ނަމަވެސް މިފަހަރު މިއޮތީ ވިރާޓް އަނުޝްކާ ގުޅޭ ގޮތުން ދެއްކި ލޯބި ވާހަކަ އެކެވެ.

އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ 2017 ވަނަ އަހަރު ކައިވެނި ކުރި އެދެމަފިރިންނަށް އެމީހުންގެ ފޭނުން ކިޔަނީ ވިރުޝްކާ އެވެ.

ޒީ ނިއުސް އިން ކުރި އިންޓަވިއުއެއްގަ އެ އިންޓަވިއު ގެނެސްދިން އާމިރު ހާން ވަނީ ވިރާޓް އަށް އަނުޝްކާގެ ކިބައިން އެންމެ ކަމުދަނީ ކޮން ސިފައެއްތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ވިރާޓް ބުނީ އޭނާ އަށް އަނުޝްކާގެ އެންމެ ކަމުދާ ސިފައަކީ އޭނާގެ ތެދުވެރިކަން ކަމަށެވެ. އަދި އެ ދެމީހުން އެހާ ގުޅެނީވެސް އެހެންވެ ކަމަށް ވިރާޓް ބުނެއެވެ. ވިރާޓް ބުނީ އަނުޝްކާ އަކީ ވަރަށް އަޅާލާ އަދި އޭނާ ވަށައިގެން ތިބި މީހުން ކުރިއަރަން ބޭނުންވާ ހިތް ސާފު މީހެއް ކަަމަށެވެ.

ނިމިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެދެމަފިރިންނަށް ވަނީ އަންހެން ދަރިއެއް ލިބިފައެވެ. ދަރިއެއް ލިބުނު ފަހުން  ދެމަފިރިންވެސް އުޅެނީ ދަރިއަށް އެމީހުންގެ ހުރިހާ ވަގުތެއް ހުސްކޮށްގެންނެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު ފިލްމު ޒީރޯ އިންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް