މާލޭ ސިޓީ ކައުންސިލްތަކުން ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމާއި އޭގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ރަށްވެހި ފަތިސް ކެމްޕެއިންގައި އެކަން ފާހަގަކޮށްފަ އެވެ.
އެކަމާއި ގުޅިގެން ރައީސް ވަނީ ޓްރާސްޕޯޓް މިިނިސްޓްރީގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސް ކަމަށްވެެސް ވިދާޅުވެފަ އެވެ. އެ ދުވަހު ރައީސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހަށް ހުށަހަޅާފައި ކަންވެސް ރައީސް ހިއްސާކުރެއްވި އެވެ.
ގިނަ ތުހުމަތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ކުރަމުންދާ މިދަނޑިވަޅުގައި ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ ވަނީ އެކަމަނާއަށް ކުރާ ތުހުމަތަކީ އަބުރު ކަތިލުމަށް ބަޔަކު މީހުން ހިންގާ ޖަރީމާއެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތަކުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އިތުބާރު އެކަމަނާއަށް އޮތްކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވާ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތައް ހައްލުކޮށްދެއްވަން ރައީސް މަަސައްކަތްކުރައްވަނީ އެހެންވެ ކަމަށް ގަބޫލުކުރައްވާ ނަހުލާ ވިދާޅުވި އެވެ.
އެ މިނިސްޓްރީގައި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.