އޭނާ މަރުވެފައިވަނީ އޭނާގެ އުފަން ގައުމު ނެދަލޭންޑްސް ގައެވެ.
އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރަން ފެށީ 1952 ވަނަ އަހަރު ފިލިޕްސް ކުންފުންޏަށެވެ.
އޭނާ މަސައްކަތް ކުރަން ފެށިތާ އަހަރެއްގެ ތެރޭގައި ކެސެޓު ޓޭޕު އުފެއްދިއެވެ.
މީގެ އިތުރުން ސީޑީ ލައްވާ ސެޓު ވެސް އީޖާދު ކުރީ ލޮއިސް އޮޓެންސް އެވެ.
އޭނާއަކީ އަޑާއި ގުޅޭ ޓެކްނޮލޮޖީއަށް ބޮޑެތި އިންގިލާބުތަކެއް ގެނައި މީހެކެވެ.
ލޮއިސް އުފެއްދި ބްރޭންޑުގެ 200 ބިލިއަން ޓޭޕު ވިކުނެވެ.