ads
ކަޝްމީރުގައި ކުރިއަށްދާ ހަމަނުޖެހުންތައް
ކަޝްމީރަކީ މުނާސިބު ހައްލެއް ނެތް، ފައިދާ ބޮޑު މައްސަލައެއް
ކަޝްމީރުގެ ހަމަނުޖެހުންތަކަށް ނިމުމެއް އައުމެއް ނެތެވެ. އަދި އެސަރަހައްދުގެ މީހުންގެ އުންމީދިތައް ހަގީގަތަކަށް ވުމެއްވެސް ނެތެވެ. ދޭތެރޭ ދޭތެރޭން ސަރަހައްދު ހުރަސްކޮށް ބަދަލުކުރެވޭ ހަމަލާތަކާ ގުޅިގެން ކަޝްމީރުގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އާދެއެވެ. އަދި ހަމައެފަދައިން އެސަރަހައްދުގެ އެތެރޭގައި ދެވޭ ހަމަލާތަކާއި އަދި އެއާ ގުޅިގެން އެޅިގެންދާ ފިޔަވަޅުތަކުންވެސް ކަޝްމީރުގެ ވާހަކަ އޮންނަނީ މީޑިއާގެ މުހިންމު މައުލޫއަކަށްވެފައެވެ.
ކަޝްމީރުގެ ހަމަނުޖެހުންތަކަށް ނިމުމެއް އައުމެއް ނެތެވެ. އަދި އެސަރަހައްދުގެ މީހުންގެ އުއްމީދުތައް ހަގީގަތަކަށް ވުމެއްވެސް ނެތެވެ. ދޭތެރޭ ދޭތެރެއިން ސަރަހައްދު ހުރަސްކޮށް ބަދަލުކުރެވޭ ހަމަލާތަކާ ގުޅިގެން ކަޝްމީރުގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އާދެ އެވެ. އަދި ހަމައެފަދައިން އެސަރަހައްދުގެ އެތެރޭގައި ދެވޭ ހަމަލާތަކާއި އަދި އެއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުންވެސް ކަޝްމީރުގެ ވާހަކަ އޮންނަނީ މީޑިއާގެ މުހިއްމު މައުލޫއަކަށް ވެފަ އެވެ.

ކަޝްމީރުގެ ވާހަކަ ދެކެވޭއިރު ބައެއްފަހަރު ހީވަނީ އެއީ އެންމެ ކަޝްމީރެއްގެ ވާހަކަހެންނެވެ. އެކަމަކު ހަގީގަތަކީ، އިންޑިއާ ވީ ފަޅީގެ ކަޝްމީރާއި ޕާކިސްތާންއާ ވީ ފަޅީގައިވާ ކަޝްމީރު މިއީ އެއްސަރަހައްދެއްގެ މުޅިން ދެބައެކެވެ. ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރަކީ، އާޒާދު ކަޝްމީރުގެ ނަމުން މަޝްހުރުވެފައިވާ ސަހަރައްދެކެވެ. އެހެންނަމަވެސް ކަޝްމީރު މިނިވަން ކުރުމަށް މަސައްކަތް ކުރާ ބައެއްވެސް ޕާކިސްތާން ސިފައިންނާއި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވެ އެވެ.

މި ވާހަކަ ލިޔާން މި ޖެހުނީ އޮކްޓޫބަރު 22 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން މީޑިއާއިން އެވާހަކަ ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އޮކްޓޯބަރު 22 ވަނަ ދުވަހު އާޒާދު ކަޝްމީރުގައި ބާއްވާފައިވާ މުޒާހަރާތަކުގައި ގިނަ އަދެދެއްގެ މީހުން ބައިވެރިވެފައިވެ އެވެ.

މުޒައްފަރުއާބާދުގައި އޯލް އިންޑިޕެންޑެންޓް ޕާޓީ އެލައެންސްއިން ވަނީ ކަޅު ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަކޮށްފަ އެވެ. 1947ގައި އެ ދުވަހު ޕާކިސްތާން ސިފައިން ވަނީ ކަޝްމީރު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. އޮކްޓޯބަރު 22 ގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ދެ މީހަކަށް ހާނިއްކަވެފައިވެ އެވެ. އަދި ސިފައިންނާއި ދެމެދު ހިނގިި ކުރިމަތި ލުމުގައި 80 މީހަކަށް އަނިޔާ ވެފައިވެ އެވެ.

މިނިވަންކަމަށް ގޮވާލާ އިއްތިހާދުގެ މުޒާހަރާ ފެށިގެން ދިޔައީ ހަސަން ހުރުޝީދު ސްޓޭޑިއަމުންނެވެ. އެމީހުންގެ އަމާޒަކަށްވީ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވުމެވެ. ނަމަވެސް އާޒާދު ކަޝްމީރު ޔުނިވަސިޓީއާ ހަމައިން ސިފައިންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުމަކަށް ދިޔައީ އެވެ.

މުޒާހަރާގެ ބައިވެރިންގެ އެދުމަކަށްވީ އެމީހުންގެ އިންސާނީ ހައްގުތަކަށް އިސްލާމްއާބާދުން އިހުތިރާމް ކުރުމެވެ. އަދި ކަޝްމީރުގެ މައުދަންތަކާއި ގުދުރަތީ ވަސީލަތްތައް ނެގުން ހުއްޓުމަކަށް ގެނައުމެވެ.

އޭގެ ކުރިންވެސް އެފަދަ މުޒާހަރާތައް ކޮށްފައިވެ އެވެ. މީގެތެރޭގައި ޓެކްސް ރިފޯމްކުރުމަށް ގޮވާލުމާއި، ސަރުކާރުން ހިންގާ މަޝްރޫއުތައް ފެށި ވަކިހިސާބަކުން ހުއްޓޭ މައްސަލައާއި، ސިފައިންގެ ބޭނުމަށް ކަޝްމީރުގެ ބިންތައް ނެގުން އިތުރުވެގެން ގޮސްފައިވާ މައްސަލައާއި، ކަޝްމީރުގެ މުއައްސަސާތަކުގެ ވަޒީފާތަކަށް ޕާކިސްތާންގެ އެހެން ސަރަހައްދުތަކުން މީހުން ގެނެސް ވަޒީފާ ދިނުމާއި، ފަނޑިޔާރުންގެ މަގާމުތަކަށް އެހެން ސަރަހައްދުން މީހުން ގެނައުން ހިމެނެ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެލައެންސުން ބޭނުން ވަނީ އެމީހުންގެ މުސްތަގްބަލާ މެދު ގޮތެއް ނިމިގެން ދިއުމެވެ. އަދި އެސަރަހައްދަށް މިނިވަންކަން ލިބުމެވެ. އިންޑިއާއާއި ޕާކިސްތާނުން ކަޝްމީރުގެ ދެ ސަރަހައްދު ދެބައި މީހުންގެ ދަށުގައި އޮތް އިރު ވަރަށް ފަހަކާ ޖެހެންދެން އިންޑިއާއިން ވެސް ކަޝްމީރުގެ ތަރައްގީއަށް މާނަހުރި މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ. އަދި ކަޝްމީރު އޮތީ އެކަހެރިކޮށް އޮންނަ ސަރަހައްދެއްގެ ގޮތުގަ އެވެ.

ޕާކިސްތާނުންވެސް ވަނީ އާޒާދު ކަޝްމީރާ ދޭތެރޭ ހަމައެގޮތަށް ބަލާފަ އެވެ. ޕާކިސްތާނުންވެސް ވެސް އޮތީ ކަޝްމީރު އެކަހެރިކޮށް، ކަޝްމީރަކީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެއް ނޫނެވެ. އެހެން ނަމަވެސް ޓެކްސް ނެގުމާއި މައުދަންތައް ނެގުމާއި ބިންތައް ކޮންޓްރޯލް ކުރުމުގައި އެހެން ތަންތަނެކޭ ތަފާތު ކުރުމެއް ނޯވެ އެވެ.

ކަޝްމީރުގެ ދެފަޅީގައިވެސް މީހުން ޝަކުވާކޮށް ދެފަޅީގައި ހަމަނުޖެހުން އުފެދިގެން ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި މިފަދަ ފޭރުންތަކާ ހެދި އެވެ. ކަޝްމީރުގެ މައްސަލަ ދިރާސާ ކުރާ ފަރާތްތަކަށްވެސް ސާފުވާ ފަދައިން ކަޝްމީރަކީ ދުވަހަކުވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ސިފައިންނާއި ސަރުކާރަށް ފަހި ފުރުސަތުތަކަށް މުނާސިބު، ބޮޑު ހަމަނުޖެހުންގަނޑެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް