ads
ކުޑަހެންވޭރުގެ ނައިޓް ފިޝިން ޓްރިޕުގައި ނަމާދު ކުރަނީ: ފޮޓޯ ސޯޝަލް މީޑިއާ
އަންބަރާއަށް ގޮސްގެން ޖޫރިމަނާ ކުރީ ކޮން ބައެއް؟
އެޗްޕީއޭއިން މިއަދު ޖޫރިމަނާ ކުރީ ކުޑަހެންވޭރުން ނައިޓް ފިޝިންއަށް ދިޔަ 95 މީހުންކަން ކަށަވަރުވެއްޖެއެވެ.

އެމީހުން ދޯންޏެއްގައި ގޮސްފައިވަނީ "ނައިޓް ފިޝިން" އަށް ކަމަށް ކުޑަ ހެންވޭރުގެ ޓުވިޓާ އެކައުންޓުގައި ބައެއް މީހުން ބުނެފައި އެބަހުއްޓެވެ. 

ބައެއް މީހުން ބުނެފައިވަނީ އެމީހުން ޖޫރިމަނާ ކުރީ ނަމާދުކުރާ މަންޒަރު ފެނުމުން އެކަން "ހަޖަމް" ނުވެގެންނެވެ. 

"ދަތުރެއް މަތީ ޒުވާނުން ނަމާދުކުރަން ތިބީމަ ހަޖަމު ނުވެގެން ޖޫރިމަނާ ކުރީ އެޗް.ޕީ.އޭ ގަވައިދާ ހިލާފޭ ކިޔާފަ. ކެންޕޭން ކުރަން ވީމަ ހުއްދަ ލިބޭ. މަންމައާ ބައްޕައާ އާއިލާ މީހަކު މަރުވެގެން މޫނު ބަލާލަން ނުދެވޭ. މީ ކޮންވަތަރަކަށް ކޮވިޑު ކޮންޓުރޯ ކުރާ ބައެއް؟،" ހިތްހަމަނުޖެހިގެން މީހަކު ބުނެފައިވެއެވެ.

އަންބާރަށް ދިޔަ މީހުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ވެސް ހަބަރުތައް ފެތުރުނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، މާލެއިން ވ، އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފައިވާއިރު އެމީހުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ނުކުރެވޭ ކަމަށެވެ. 

"އަދި އެމީހުން ދަތުރުކުރި އުޅަނދު މީހުން އުފުލާފައި ވަނީ އޭގެ ކެޕޭސިޓީއަށް ވުރެ އިތުރަށް ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ތަހުގީގަށް ފަހު އަޅާނެ،" -ފުލުހުން-

ތުހުމަތު ނުކުރެވޭތީ މަސްތުވާތަކެއްޗަށް ޓެސްޓް ވެސް ނުކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ތެރެއިން އެކަކު ވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަހެންވޭރުގެ ޓީމެއް ބައިބަލާ މުބާރާތުގަައިވެސް ބައިވެރިވެއެެވެ. އަދި ފުުޓު ބޯޅަ ޓީމުތައް ވެސް ކުޑަހެންވޭރުގައި އޮންނައިރު ބައެއް ފުޓު ބޯޅަ މުބާރާތްތައް ވެސް ކުޑަހެންވޭރުން ރާވައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް