ads
ހއ.ބާރަށް
ބާރަށު ކުލަސްޓާ: 36 މީހުން ޕޮޒިޓިވް
ހއ. ބާރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 36 އަށް އަރައިފި އެވެ.

ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 36 އަށް އަރާފައި ކަމަށެވެ.

އެންމެ ފަހުން އެރަށުން ބަޔަކު ޕޮޒިޓިވްވީ އިއްޔެކަން ފާހަގަކުރައްވާ، ޝަމީމް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށެވެ.

އަދި އެ ކުލަސްޓާގައި 70 އަށް ވުރެ ގިނަ މީހުން މިވަގުތު ކަރަންޓީނުގައި ތިބިއިރު 200 އަށްވުރެ ގިނަ ގެ ވެސް ހުރީ ކަރަންޓީނުގައި ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ބާރަށުން ކޮވިޑް ކޭސްތަކެއް ފެނަން ފެށުމާއެކު އެރަށަށް އަރާއި ފޭބުން މަނާކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގަ އެވެ. އަދި ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތައް ބަންދުކޮށް އެ ތަންތަނުން ހަމައެކަނި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް