ads
ޔޫސޭ އަދި ޢެނަގެ ދޮށީ ދަރިފުޅު މުސްލިހާ---
އަންހެން ދަރިފުޅުގެ ވާހަކަތަކުން ޔޫސޭ ރޮއްވާލައިފި!
މީޑިއާގެ ދާއިރާގައި 20 އަހަރު އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ގައުމީ އަރުޝީފުގެ ބޯޑުގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު އާސިފް (މޮންދު)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "މޮންދު ޕްރޮޑަކްޝަން"އިން ގެނެސްދޭ "ޓޯކް ޝޯ"ގައި މިފަހަރު ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ "ދިރިއުޅުމަކީ މިއީ ބާ؟" އިން މަޝްހޫރުކަން ހޯދި ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު(ޔޫސޭ) އެވެ.

މި ޝޯގެ ތެރެއިން ޔޫސޭ ވަނީ އޭނަގެ ކޮމީޑިއަން ހަޔާތުގައި ހޭދަވި 40 އަހަރުތެރޭ ހޯދިފައިވާ ކާމިޔާބީއާއި ތަޖުރިބާގެ އިތުރުން، އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއްވެސް ހިއްސާކޮށްފައެެވެ. މިޝޯގައި ޔޫސޭގެ ދޮށީ އަންހެން ދަރިފުޅު މުސްލިހާ ޔޫސްޕް ވަނީ އޭނަ ބައްޕައާއިމެދު ދެކޭގޮތް ހިއްސާކޮށްފައެވެ.

މުސްލިހާ ބުނީ، މުނިފޫހިފިލުވުމުގެ ދާއިރާގައި ބައްޕަ އެހާ ގިނަ ދުވަހު މަސައްކަތްކުރެއްވުމުން ވަރަށް އުފާވެ، ފަހުރުވެރިވާ ކަމަށެވެ. ސަބަބަކީ ބައްޕައަކީ އެންމެ ފުރަތަމަ ދިވެހިން ހެއްވާލި މީހާކަމަށް ގަބޫލުކުރާތީ ކަމަށާއި އޭނަވެސް ހަނދާން ހުންނަން ފެށީންސުރެ ކޮންމެ ރޯދަމަހެއްގައިވެސް "ދިރިއުޅުމަކީ މިއީ ބާ؟" އަންނާނެ ވަގުތަކަށް އަބަދުވެސް އިންތިޒާރުކުރެވޭ ކަމަށް މުސްލިހާ ބުނެއެވެ. 

"އަޅުގަނޑަށް ނުބެލޭ ދުވަހެއްގަ ވެއްޖިއްޔާ މަންމަވެސް ހުންނާނެ ރިކޯޑްކޮށްދީފަ ފަހުން ބަލަން ބަހައްޓާފަ. ދެން އޭރުގަ ޑައިލޮގްތަށްވެސް ހަމަ ހިތުދަސްވާނެ. ދެން އަޅުގަނޑު އޭގަ ބައްޕައަށް މީހަކު އަނިޔާކޮށް ހެދިޔަސްވެސް އޭރު ވަރަށް ރޮއިވެސް ހަދަން ވަރަށް ދެރަވެސްވޭ. މަންމަ ބުނާނެ އަސްލެއްވެސް ނޫނޭ. އެކަމަކު އަޅުގަނޑު އޭރު ކުޑަވީމަ ގަބޫލެއްވެސް ނުކުރެވޭ" -މުސްލިހާ-

މުސްލިހާ ބުނީ، ބައްޕަ އޭރު ޓީވީން ފެންނަ ވަގުތަކީ ވަރަށް ހިތަަށް އުފާވެރިކަން ގެނެސްދޭ ވަގުތުކޮޅެއްކަމަށެވެ. އެއީ ކުޑައިރު އޭނައަށް ބައްޕަ ގިނައިން ފެންނަނީ ޓީވީން ވީމަ ކަމަށް މުސްލިހާ ބުނެއެވެ. މުސްލިހާ އޭނަގެ ބައްޕަ ސިފަކުރަނީ އޭނައާއި ގައުމުގެވެސް ހީރޯއެއްގެ ގޮތަށެވެ. މުސްލިހާ ބުނީ އެކަން ބައްޕަ ވަނީ 1988 ވަނަ އަހަރުގެ ނުވެމްބަރު ތިން ވަނަ ދުވަހު ސާބިތުވެސް ކޮށްދީފަ ކަމަށެވެ. އެވާހަކަތައް މުސްލިހާގެ ކުދިންނަށް އަދި ބައްޕަގެ ކާފަ ދަރިންނަށް ކިޔާދެނީ ފަހުރުވެރި ކަމާއިއެކުވެ. އެހެންކަމުން އެކުދިންގެ ކުރިމަތީގައި ވެސް މުސްލިހާގެ ބައްޕަ ވެފައިވަނީ ހީރޯއަކަށެވެ.

"އެކުދިން ބައްޕަ ދެކެ ވަރަށް ލޯބިވެސް ވާނެ. ބައްޕަ ގުޅިޔަސް ގަނޑިއެއް ވާއިރުވެސް ފޯނެއްވެސް ނުބާއްވާނެ. އެކުދިންނަށް ވަރަށް މަޖާވާނެ ބައްޕައާއި ވާހަކަދައްކަން" -މުސްލިހާ-

މުސްލިހާ ބުނީ އޭނަގެ އަބަދުގެ ވެސް އެދުމަކީ ބައްޕައަށް ކުރިއެރުމާއި ކާމިޔާބީ އިތުރަށް ދެއްވުން ކަމަށާއި ފުރިހަމަ ސިއްހަތެއްގައި އުފަލުގަ ލެހެއްޓެވުން ކަމަށެވެ. ބައްޕަދެކެ ވަރަށް ލޯބިވާކަން ފާހަގަކުރަމުން މުސްލިހާ ވަނީ އޭނަގެ ބައްޕައަކީ އޭނަގެ "ކިންގް" ކަމަށާއި ބައްޕަ ވަރުގެ ކޮމީޑިއަންއެއްވެސް އަދި އެކްޓަރެއް ވެސް ރާއްޖޭގައި ނުހުންނާނެކަމަށް ބުނެފައެވެ.

" ބައްޕަދެކެ ވަރަށް، ވަރަށް ބޮޑަށް ލޯބިވޭ. ބައްޕައަކީ އަޅުގަނޑުގެ "ކިންގް". ބައްޕަ ވަރުގެ ކޮމީޑިއަންއެއް ވެސް އަދި އެކްޓަރެއްވެސް ރާއްޖޭގައި ހަމަ ނުހުންނާނެ އަޅުގަނޑުގެ ނަޒަރުގަ. ޔޫ އާ ދަ ބެސްޓް. އެންޑް އައި ލަވް ޔޫ" -މުސްލިހާ-

މުސްލިހާ ބައްޕައާއި މެދު ދެކޭ ގޮތް ބަންޑުންކޮށްލި އެ ވީޑިއޯކޮޅު ނިމުނުއިރު ޔޫސޭ ވަނީ ފެންކަޅިވެފައެވެ. އަދި ބުނާނެ އެއްޗެއްވެސް ނޭގި ޔޫސޭއަށް ވަނީ ރޮވިފައެވެ. 

މުސްލިހާ އަކީ ޔޫސޭގެ ފުރަތަަމަ ކައިވެންޏަށް ލިބިފައިވާ އެންމެ ދޮށީ ދަރިއެވެ. ފަހުން ފިލްމީ ތަރި ޝަކީލާއާއި ކައިވެނީގެ ގޮތުން ގުޅި އެ ކައިވެންޏަށްވެސް ޔޫސޭއަށް ވަނީ ދެ އަންހެން ދަރިން ލިބިފައެވެ.  

87%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް