ads
އަލީ އާޒިމް--
ވެކްސިން ނުޖެހުމުގެ ދެރައާއި ހިތަމާ އެބަކުރެވޭ، އެންމެން ވެކްސިން ޖަހާ: އަލީ އާޒިމް
މީގެ ހަތަރު ދުވަސްކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފި އެވެ.

އާޒިމް އޭނާގެ ހާލަތު ހިއްސާކުރައްވާ، އާންމުކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ މިއަދަކީ އޭނާ ކޮވިޑް ރޯގާ ތަޖުރިބާކުރަމުންދާތާ ފަސް ވަނަ ދުވަސް ކަމަށާއި ގަދަ ހުމާއި ރޯގާގެ ބިރުވެރި އަލާމާތްތަކަށް ފަހު މިއަދަކީ ތަންކޮޅެއް ފަސޭހަ، ލުއި ދުވަހެއް ކަމަށެވެ. 

އަދި ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރައާއި ހިތަމާ އާއި އުނދަގޫ ތަޖުރިބާކުރައްވަން ޖެހިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އާޒީމް ވަނީ ހުރިހާ ރައްޔިތުން ވެސް އަވަހަށް ކޮވިޑް ވެކްސިން ޖެހުމަށް އާދޭހާއެކު އެދިވަޑައިގެންފަ އެވެ. 

"އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ. ރައްކާވެ ތިބިއްޔާ ދަތުރު،" 

އޭގެ އިތުރުން އާޒިމްގެ އެ ވީޑިއޯ މެސެޖް ނިންމަވާލައްވަމުން އޭނާ ވަނީ ކޮވިޑްގެ މި ބިރުވެރި ދަނޑިވަޅުގައި މަސައްކަތްކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް، ވަކިން ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގައި މަަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިމަހުގެ އަށް ވަނަ ދުވަހު އާޒިމް، ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާ އެންމެ ފަހުން މަޖިލީހަށް ހާޒިރުވެވަޑައިގަތީ މިމަހުގެ ތިން ވަނަ ދުވަހެވެ. އެއްވެސް މެމްބަރަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް