ads
ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިންނާއެކު މިނިސްޓަރު މައުސޫމް ---
60 ވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރި ދެމަފިރިއަކަށް ހޫނު މަރުހަބާއެއް!
60 ވަނަ ފަހަރަށް ރާއްޖެ ޒިޔާރަތް ކުރި ދެ ފަތުރުވެރިއަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތް ކުރި މި ދެ ފަތުރުވެރިންނަކީ ފްރާންސްއަށް ނިސްބަތްވާ ސާޖް އާއި ޖޮސެލް ޑިސައު އެވެ. 

އެގޮތުން މި ދެމަފިރިން މިހާތަނަށް 1000 އަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

މި ދެމަފިރިން ރާއްޖެއަށް ކުރާ 60 ވަނަ ދަތުރު ފާހަގަކޮށް، މި ދެމަފިރިންނަށް މަރުހަބާ ކިޔާ މިނިސްޓަރު މައުސޫމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. 

އެގޮތުން މި ދެމަފިރިންނަކީ ސްކޫބާ ޑައިވިނަށް ލޯބި ކުރާ ދެމީހުން ކަމަށް މިނިސްޓަރު މައުސޫމް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް ކޮށްފައިވާ ދަތުރުތަކުގައި މި ދެމަފިރިން ވަނީ ޖުމުލަ 1،500 ޑައިވަށް ގޮސްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާޖް ވަނީ 800 ޑައިވަށް ގޮސްފައި ކަމަށާއި ޖޮސެލް ވަނީ 700 ޑައިވަށް ގޮސްފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް